އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް 101,391 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %7.6އެވެ. އަދި މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެގައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 125,500 ފަތުރުވެރިންނާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
މި ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 1.3 މިލިއަނަށްވުރެ ގިނަ މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 1,283,620 ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,957 ފަތުރުވެރިން ރާއްޖެއަށް އަންނައިރު، މިމަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އޮގަސްޓް 8 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 7,879 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް އައިއިރު އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަނީ އިންޑިއާގެ ވާދަވެރި ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެއަށް 213،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ރާއްޖޭގައި ފަތުރުވެރިނަށް ހިދުމަތް ދިނުމަށް 45،000 އަށް ވުރެ ގިނަ އެނދު އެބަހުއްޓެވެ. ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި، 16 ހޮޓެލްގެ އިތުރުން، 918 ގެސްޓްހައުސް އާއި، 171 ސަފާރީ އޮޕަރޭޓް ކުރަމުންދެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އަންނަނީ ހަރުދަނާކަމާއެކު ކުރިއެރުންތައް ހޯދަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;