ads
ސަލްމާން ހާން
ސަލްމާން ހާންގެ "7 ޑޯގްސް" މިއަހަރު އިންޑިއާގައި ރިލީޒްކުރަނީ
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން ފެނިގެންދާ އިންޓަނޭޝަނަލް އެކްޝަން ތްރިލާ ފިލްމު "7 ޑޯގްސް" އިންޑިއާގެ ސިނަމާތަކުގައި ރިލީޒްކުރާ ތާރީހު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
Advertisement

މެދުއިރުމައްޗާއި އަރަބި ގައުމުތަކުގައި ބޮޑު ތަރުހީބެއް ހޯދާފައިވާ މި ފިލްމު އިންޑިއާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 21 އޯގަސްޓް 2026 ގައެވެ.

މި ފިލްމުގެ ހިންދީ ޓްރޭލާ ސަލްމާން ހާން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. "ބެޑް ބޯއިސް" ފްރެންޗައިޒްގެ ޑައިރެކްޓަރުން ކަމަށްވާ އާދިލް އެލް އަރްބީ އަދި ބިލާލް ފަލާހް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގާތްގަނޑަކަށް 330 ކުރޯޑު އިންޑިއަން ރުޕީސްގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި ސަލްމާން ހާންގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު އަދި އިޓަލީގެ މަޝްހޫރު ތަރި މޮނިކާ ބެލޫޗީ ހާއްސަ ފެނިލުމަކުން ފެނިގެންދާނެއެވެ. 

"ސާޖަން" އަދި "ޗަލް މޭރޭ ބާއީ" އަށްފަހު ސަލްމާން ހާން އާއި ސަންޖޭ ދަތު އެކުގައި އެކްޝަން ފިލްމަކުން ފެނިގެންދާ މިއީ ފުރަތަމަ ފަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;