ސައުދީން އިސްވެ އޮވެ އިތުރު 13 ގައުމަކުން ގުޅިގެން ގަލްފުގެ ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަަކުގެ ރައްކާތެރިކަން ބަލަހައްޓަން އއިއްތިާދެއް ގާއިމުކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. މި އިއްތުހާދުން ބާބުލްމަންދަބު ކަނޑުއޮޅިއާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅީގައި ދަތުރުކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ފޯރުކޮށް ދޭން ވަނީ ނިންމާފަ އެވެ.
"ޗާޓާ އޮފް ދަ މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ރާއްޖޭން ބައިވެރިވާން ނިންމާ އެކަމުގައި ބައިވެރިވުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުން މަޖލިހަށް ފޮނުއްވާފައެވެ. އެ އިއްތިހާދުގައި ސޮއިކޮށް އެ މުއާހަދާ ތަސްދީގުކުރެއްވުމަށް މަޖލިހަށް ފޮނުވި މައްސަލަ މިއަދު ޖަލްސާއަށް ވަނީ އެޖެންޑާވެސް ކޮށްފައެވެ.
މި އިއްތިހާދުގައި މިހާތަނަށް ބައިވެރިވެފައިވާ ގައުމުތަކުގެ ތެރޭގައި ތުރުކީ، ޕާކިސްތާނު، ކުވެއިތު، ބަހްރެއިން، ގަތަރު، އުރުދުން، މިސްރު، ޖިބޫތީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން ހިމެނެ އެވެ.
މި އިއްތިހާދު ދާއިމީ ހެޑްކުއާޓަރު ހުންނަނީ ރިޔާޒުގައެވެ. އަދި އެތަނުގެ ކޮންމާޑަރަކަށް އައްޔަންކޮށްފައިވަނީ ރިއާ އެޑްމިރަލް އަބްދުﷲ ބިން ސަލީމް އަލް ޝެހްރީއެވެ. މި އިއްތިހާދުގެ އެއްބަސްވުމުގައި ބުނެފައިވަނީ އިއްތިހާދުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މެމްބަރު ގައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;