ads
ބީއެމްއެލްގެ މައި އޮފީސް
ދުވާލަކަށް އެވްރެޖްކޮށް 2.7 މިލިޔަން ޑޮލަރު ވިއްކަން: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ދޫކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުނެފި އެވެ.
Advertisement

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި "އިގްތިސޯދު ހަމަމަގަށް" ޕެނަލް މަޝްވަރާގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓަޖީ، މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއަކީ ބޭރު ފައިސާއަށް، ހާއްސަކޮށް ޑޮލަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވުމުން، ކާޑު މުއާމަލާތްތަކާއި ޓީޓީ ހެދުމަށް ބޭންކުން ބޮޑު އިސްކަމެއް ދެމުންދާ ކަމަށެވެ.

ބީއެމްއެލް އިން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށް ސައީދު ހާމަކުރެއްވި އެވެ. މީގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި ޓީޓީ ހެއްދުމަށް ދޫކުރާ ޑޮލަރު ހިމެނެ އެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 570 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދޫކޮށްފައި ވެއެވެ.

މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށްވެސް ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް އެބޭންކުން ފާހަގަކުރެ އެވެ. އެގޮތުން ފުރަތަމަ 6 މަހު ކާޑު މުއާމަލާތްތަކަށް 226 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިޔަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ޖެނުއަރީން ޖޫންގެ ނިޔަލަށް ޖުމްލަ 1.7 ބިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައި ވެއެވެ. މިއީ ޖުލައި 2021 އިން ޑިސެމްބަރު 2023 އާ ހަމައަށް ވިއްކާފައިވާ 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު 77 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42ރ. އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރި ކުރާ ތަންތަނުން އަދި ކަޅުބާޒާރުގައި ވެސް ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށެވެ. މި ހަފްތާ ފެށުނުއިރު ޑޮލަރެއް ގަންނަން ލިބޭ އަގު ހުރީ 22.10ރ.އަށް އަރައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;