ads
ފޮޓޯ: ސްޓެލްކޯ
ޕޮލިޓެކްނިކްއާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފުންނަށް ހަތަރު ކޯހެއް ފަށައިފި
ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެން ލެވެލް 3 ގެ 4 ކޯހެއް ފަށައިފި އެވެ.
Advertisement

އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު އާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީންގެ އިތުރުން ސްޓެލްކޯ އާއި މޯލްޑިވްސް ޕޮލިޓެކްނިކް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އަޒުވަރު ވިދާޅުވީ ކުންފުނީގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ތަމްރީނު ހާސިލުކޮސްފައި ތިބި މުވައްޒަފުންތަކަކަށް ވެގެން ދިއުމަށް ކުންފުނިން އުންމީދު ކުރާކަމަށެވެ.

މުވައްޒަފުންގެ ހުނަރާއި ކެޕޭސިޓީ ބިލްޑް ކުރުމަށް ކުރެވޭ މި އިންވެސްޓްއަކީ ހަމައެކަނި ސެޓްފިކެޓެއް ނޫން ކަމަށް އަޒުވަރު ވިދާޅުވި އެވެ. އަދި އަޒުވަރު ވަނީ ކޯހުގެ ބައިވެރިން ޝައުގުވެރިކަމާއެއްކޮށް ސެޝަންތަކުގައި ބައިވެރިވެ، ސުވާލުތައް ކޮށް، އަމަލީ ޕްރެކްޓިކަލްސްތަކުގައި ބައިވެރިވެ، ތަމްރީނުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ދަސްކުރުމުގައި ހަރަކާތްތެރިވުމަށް އެދިފަ އެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުންގެ ފަރާތުން އެ ލިބިގެންދާ ކުރިއެރުމަކީ ކުންފުންޏަށް ލިބިގެންދާ ކުރިއެރުން. ކުންފުންޏަށް ލިބިގެންދާ ކުރިއެރުމަކީ ކުންފުނީގެ ޚިދުމަތް ހޯދާ އާންމުންނަށް ލިބިގެންދާ ކުރިއެރުން. މި ކުރިއެރުމަކީ މުޅި ރާއްޖެއަށް ލިބިގެންދާ ކުރިއެރުން. އެހެންވީމަ މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ކުރެވޭ އިންވެސްޓްގެ އެއްބައި މިއަދު މުވައްޒަފުންގެ ޓްރެއިންނަށްއަށް ކުރެވޭ އިންވެސްޓްގެ ތެރެއިން މި ދަނީ" އަޒުވަރު ވިދާޅުވި އެވެ.

ސްޓެލްކޯގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސެޓްފިކެޓް ލެވެލް ހާސިލްކުރުމަށް ހުޅުވާލި ފުރުސަތުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުންނާއި، އަތޮޅުތެރޭގެ އިންޖީނުގެތަކުން ޖުމްލަ 76 މުވައްޒަފުން ވަނީ ކޯސްތަކަށް ކުރިމަތިލައި، މޯލްޑިވްސް ޕޮލިޓެކްނިކްގެ އޯގަސްޓް 2026 އިންޓޭކްގައި ބައިވެރިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;