ރެެކްޓަރ މިންގަނޑުން 7.4ގެ ބާރުމިނުގައި އައި މި ބިންހެލުން އުފެދިފައި ވަނީ ބިމުގެ ސަތަހައިގެ 107 ކިލޯމީޓަރު އަޑިއަށެވެ. އެއީ ކޮލަމްބިޔާގެ ސެން ހޯސޭ ޑެލް ޕާމާގެ ކައިރީގައި ޕެސިފިކް ކޯސްޓުގައި އޮންނަ ޗޯކޯ ކިޔާ ސަރަޙައްދެއްގަ އެވެ.
ބިންހެލުން އުފެދިފައި ވަނީ އެ ސަރަޙައްދުގައި ނަމަވެސް އެ ޤައުމުގެ ބޮޑެތި ސިޓީތަކަށް ބިންހެލުމުގެ ލޮޅުންތައް އިޙްސާސްކުރެވިފައި ވެއެވެ. ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެ އެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި މި ބިންހެލުމުގައި ގެއްލުން ލިބިގެން އެގައުމުގެ 6 އެއާޕޯޓެއް ވަނީ ބަންދުކޮށްފަ އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ކޮލަމްބިޔާގެ އަވަށްޓެރި ގައުމެއް ކަމަށްވާ ވެނެޒުއެލާއަށް ވެސް ބާރުގަދަ ބިންހެލުންތަކެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެ ކާރިޘާގައި 6,000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;