މިއަދު، 11 އޮގަސްޓު 2026 ދުވަހު ބާސެލޯ ގައި އޮތް ޙަފްލާއެއްގައި ޕީޖީއޯ 2.0 ލޯންޗުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޕީޖީއޯ 2.0 ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، އޮފީހުގެ މަސައްކަތުގައި ޕްރޮސިކިއުޝަން މަސައްކަތަށް ހާއްސަ ސޮވްރިން އޭއައި ބޭނުންކުރަން ފެށޭނެ އެވެ. އަދި ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއަށް އޭއި އިންޓަގްރޭޓްކުރެވޭނެއެ ވެ.
ޕީޖީއޯ 2.0 އާ ގުޅޭ އެންމެހައި މަޢުލޫމާތު އެ އޮފީހުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. ޕީޖީއޯ 2.0 ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި، އެ އޮފީހުގެ އައު ވެބްސައިޓުވެސް ލޯންޗުކޮށްފައި ވެއެވެ.
އަދި ޕީޖީ އޮފީހުން ރައްޔިތުންނާއި، ދައުލަތުގެ އިދާރާތަކަށް ދޭ އެންމެހައި ހިދުމަތްތައް ޑިޖިޓަލްކޮށް ލިބޭގޮތަށް ތައާރަފްކޮށްފައިވާ އީ-ދޮރޯށި ރަސްމީކޮށް ލޯންޗްކޮށްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;