އެ މިނިސްޓްރީން ނެރުނު އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނީ 06 އޯގަސްޓް 2026 ގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެ ވެ. ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދައްކަން ހަރަދުވެފައިވަނީ 3.9 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މީ އަހަރުން އަހަރަށް ބަލާއިރު 146.0 އިންސައްތައިގެ އިތުރުވުމެއް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މިއަހަރަށް ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިއަން ރުފިޔާ އެވެ.
ހަރަދުގެ ބަޔަށް ބަލާއިރު، ރިކަރަންޓް އެކްސްޕެންޑިޗާ ވަނީ އަހަރުން އަހަރަށް ބަލާއިރު 20.2 އިންސައްތަ އިތުރުވެ، 19.9 ބިލިއަން ރުފިޔާއިން 23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރެވުނު ހަރަދު 11.2 އިންސައްތަ އިތުރުވެ 9.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަރުކާރު ހިންގުމާއި އިދާރީ ހަރަދުތައް 26.3 އިންސައްތަ އިތުރުވެ 14.4 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކަ އެވެ.
އެހީއާއި ސަބްސިޑީގެ ހަރަދުތައް 43.3 އިންސައްތަ އިތުރުވެ 7.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ ތެރޭގައި ސަބްސިޑީއަށް ކުރެވުނު ހަރަދު 75.7 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަދި އާސަންދައަށް ކުރެވުނު ހަރަދު 17.2 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށްވެސް ފިނޭންސްގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކަ އެވެ.
06 އޯގަސްޓް 2026 ގެ ނިޔަލަށް، ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވާއިރު، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;