އިންޓަވިއުއެއްގައި ވާހަކަދައްކަމުން ރަންބީރު ވަނީ ފިލްމުގެ މަންޒަރުތަކަކީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ދަށް ފެންވަރުގެ މަންޒަރުތަކެއް ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށްފަ އެވެ.
ރަންބީރު ބުނެފައިވަނީ އިންޓަނެޓުގައި ކޮންމެ މީހަކުވެސް ކުޑަ ޓްރެއިލާއެއް ބެލުމަށްފަހު ފާޑުކިޔާ މީހަކަށް ވެގެންދާ ކަމަށެވެ. ނަމަވެސް އެފަދަ މަންޒަރުތަކުގެ ފަހަތުގައި ސަތޭކައިން ގުނާލެވޭ ފަންނާނުންގެ ގިނަ އަހަރުތަކެއްގެ މަސައްކަތާއި ހާސް ގަޑިއިރުގެ ބުރަ މަސައްކަތް އެކުލެވިގެންވާ ކަމަށް އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ ފިލްމުގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ އަދި ޕްރޮޑިއުސަރު ނަމިތު މަލްހޯތުރާ، މަންޒަރުތަކުގެ ކުލަތައް ރަނގަޅުކުރުމަށް އެކަނިވެސް ގިނަ ވަގުތުތަކެއް މަޝްވަރާގައި ހޭދަކުރާ ކަމަށެވެ.
މި ފިލްމަށް އާންމުން ކުރާ އިންތިޒާރު ބޮޑުވެފައިވާއިރު، ރަންބީރުގެ މި ވާހަކަތަކާއެކު ފިލްމަށް ކުރެވޭ އުއްމީދުތައް ވަނީ އިތުރަށް ބޮޑުވެފައެވެ."ރާމާޔަން" އަކީ އިންޑިއާގެ ސިނަމާގައި އުފައްދާ އެންމެ ބޮޑު އެއް ފިލްމަށްވާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;