މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަގުސަދުގައި ބޭންކުން ހިންގާ ހިލޭ އެހީގެ ފަންޑެކެ ވެ.
މި ފަންޑުން މިއަހަރު ވަނީ 5 ޖަމިއްޔާއަކަށް އެހީ ދޭން ނިންމާފަ އެވެ. އެއީ ހއ. ދިއްދޫ ކުރިމަގު، ށ. ފޮނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީ، ލާމު ފާމާސް އެސޯސިއޭޝަން، ށ. ކަނޑިތީމު ބްލޫ ގިލްޑް ފައުންޑޭޝަން އަދި ލ. ކަލައިދޫ ކަލައިދޫ ވިންގްސް އެވެ.
މި އަހަރުގެ ބޭންކް ފަންޑަށް ހޮވުނު ޖަމިއްޔާތަކުން ހިންގާ މަޝްރޫއުތައް
'ބޭންކް ފަންޑް' އަކީ ބޭންކަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ފާހަގަކޮށްލެވޭ ފަސް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދޭ ފަންޑެއްކަމަށް ބީއެމްއެލްއިން ބުނެ އެވެ. ބީއެމްއެލްގެ އަމާޒަކީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެއްބާރުލުން ދިނުންކަމަށް އެ ބޭންކުން ބުނެ އެވެ.
ބޭންކުން އަންނަނީ މުޖުތަމަޢުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް މުހިންމު އަހުމިއްޔަތުކަމެއް ދެމުންކަމަށާއި މިހާތަނަށް ބޭންކް ފަންޑްގެ ދަށުން މިވަނީ 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި ބޭންކުން ކުރިން ހިންގި ކޮމިއުނިޓީ ފަންޑްގެ ދަށުން 100 ޕްރޮޖެކްޓަކަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްވެސް އެ ބޭންކުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;