ads
ހައިކޯޓު
ޒިޔަދަމްގެ މަރުގެ މައްސަލަ: ޝަނޫން މަރަން ކުރި ހުކުމަށް ހައިކޯޓުންވެސް ތާއީދުކޮށްފި
ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މާރާމާރީއެއްގައި މަރާލި މައްސަލައިގައި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުންވެސް ތާއީދުކޮށްފިއެވެ.
Advertisement

މާޗް 2015 ގައި މުންޑޫގައި ހިންގި މާރާމާރީއެއްގައި ޒިޔަދަމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ޝަނޫންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2023 ވަނަ އަހަރުއެވެ.

އެ ހުކުމް ކަށަވަރުކުރުމަށް ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވީ، ޒިޔަދަމަށް ތޫނު އެއްޗަކުން ޝަނޫން ހަމަލާދިންކަން ސާބިތުވާ މިންވަރަށް ދަށު ކޯޓަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި ޒިޔަދަމަށް ޝަނޫން ހަމަލާދިން މަންޒަރު ފެނުނު ކަމަށް ހެކިން ހެކިބަސް ދީފައިވާއިރު، ހަމަލާދިން ތަނުގައި ޒިޔަދަމްގެ ލޭގެ އިތުރުން ޝަނޫންގެ ލޭވެސް ހުރިކަން ހެކިތަކުން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ހުޒައިފާގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އިބްރާހިމް މާހިރު ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ބެންޗުން ޝަނޫން މެރުމަށް ކުރި ހުކުމް ދެމެހެއްޓިއިރު، މި މައްސަލައިގައި މަރާމާރީގައި އެހީތެރިވި ކަމުގެ ކުށް ސާބިތުވި އެ ރަށު ބީޗްވިލާ އަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްވެސް ހައިކޯޓުން ކުރިން ވަނީ ދަމަހައްޓައިފައެވެ.

ޝަނޫން މެރުމަށް ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރި ނަމަވެސް، ރާއްޖޭގެ ގާނޫނީ ނިޒާމު ހަމަޖެހިފައިވާ ގޮތުން މަރުގެ ހުކުމެއް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުންވެސް އެ ހުކުމް ދަމަހައްޓައިފިނަމައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;