ސުޕްރީމް ކޯޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ފަނޑިޔާރުން މަގާމުގެ ހުވާކުރައްވައި މަގާމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.
ސިވިލް ކޯޓަށް ގާޒީން ހޯދުމަށް މިދިޔަ މަހުގެ 21 ގައި ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އިންޓަވިއުއަށް ފަހު މަގާމަށް އައްޔަންކުރީ، މުހައްމަދު ނިޝާތު، ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް، އަދި އާސިޔާ އަޒީމާ، ރ.ހުޅުދުއްފާރު، ރޯޒްވިލާ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވީ ސުލައިމާން މުހައްމަދު، ޅ. ކުރެންދޫ ނޫރާނީމާގެ، އަހުމަދު ތައުފީގު، ހއ.ދިއްދޫ ޑޭޒީމާގެ އަދި މުހައްމަދު އަބްދުﷲ، ތ. ވޭމަންޑޫ ޑްރީމް އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;