ޕްރައިމެރީގައި ވާދަކުރައްވާކަން ޝާހިދު ރަސްމީކޮށް އިއުލާން ކުރެއްވީ މިރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގަ އެވެ.
ޝާހިދުވަނީ އޭނާ ހުންނެވި އެމްޑީޕީގެ ރައީސް މަގާމުން މިރޭ އިސްތިއުފާވެސް ދެއްވާފަ އެވެ. މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޝާހިދު ވިދާޅުވީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން، އެތެރޭގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ އިންސާފުވެރި އަދި އެންމެ ހަމަހަމަ ގޮތް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.
ރާއްޖޭގެ ރައީސްކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރާކަން އިއުލާން ކުރެއްވުމަށްފަހު ޝާހިދު ވިދާޅުވީ އޭނާ ވެރިކަން ކުރައްވާނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށެ ވެ. އަދި އޭނާއަކީ ސާދާވެރިކަމެއް ކޮށްދޭނެ ބޭފުޅެއް ކަމަށެ ވެ. ޝާޙިދު ވިދާޅުވީ އޭނާ އިސްކުރައްވާނީ ގައުމުގެ ލާބަޔާއި މަސްލަހަތު ކަމަށެވެ .
އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރާނެކަން ޝާހިދުގެ އިތުރުން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ. އޭގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައް.ަދު ސާލިހްވެސް ވަނީ ރިޔާސީ ޕްރައިމެރީގައި ވާދަކުރަން ނިންމާފަ އެވެ. އެހެންނަމަވެސް ރަސްމީކޮށް ރައީސް ސާލިހް އެކަން އިއުލާން ކުރައްވާފަ އެއް ނުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;