ads
ޓެކްސީ އެޕް ހެކުކޮށް، އާންމުންގެ މައުލޫމާތުތައް ލީކުވެއްޖެ
އެމްޓީސީސީން ތަރައްގީކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ހެކުކޮށް، އާންމުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް ސޯޝަލް މީޑިއާއަށް ލީކުކޮށްލައިފި އެވެ.
Advertisement

ޓެކްސީ ލައިންގެ އެޕްލިކޭޝަނާއި އެކަމާ ގުޅޭ ހިދުމަތްތައް ދިނުމަށް އެމްޓީސީސީން 13 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެކަން ހަވާލުކުރީ ފިކްސްޑް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

މާލެ ޓެކްސީގެ ހިދުމަތް ފެށީ 150 ކާރާ އެކު އެވެ. މާލެ އާއި ހުޅުލެ އަދި ހުޅުމާލެއަށް ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފަހުން ކަނޑައަޅައިވާ ޓެކްސީ އަގުތަކުގައި އެ ހިދުމަތް 24 ގަޑިއިރު ދެ އެވެ. 

އެ އެޕްލިކޭޝަން ހެކުކޮށްފައިވާކަން އެނގުނީ ޓެކްސީ ހިދުމަތްދޭ ބައެއް ޑްރައިވަރުންގެ ނަން ބަދަލުކުރި ހިސާބުންނެވެ.

އޭގެ ފަހުން ސޯޝަލް މީޑިއާއަށް ލީކުކޮށްލި މައުލޫމާތުގެ ތެރޭގައި:

- ހިދުމަތް ބޭނުންކުރި އާންމުންގެ ނަން، ފޯނު ނަންބަރު، ވޮލެޓު އައިޑީ އަދި އީމެއިލް އެޑްރެސް

- ކަސްޓަމަރުން ކޮށްފައިހުރި މެސެޖުތައް

- ކަސްޓަމަރުން ކުރި ދަތުރުތަކުގެ ތަފްސީލު

މި ފަހަރު މައުލޫމާތު ލީކުވި ގޮތާ ބެހޭ ގޮތުން އެމްޓީސީސީގެ ބަހެއް އަދި ނުލިބެ އެވެ. އެހެންވެ މިއީ ވެބްސައިޓް ނުވަތަ އެޕްލިކޭޝަން ހެކްކޮށްގެން ލީކުރި މައުލޫމާތު ކަމެއް ނުވަތަ އެހެން ގޮތަކުން އާންމުވި މައުލޫމާތު ކަމެއް ކަށަވަރެއް ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;