ads
މާލޭ ޖަލު: --
ދަރުމަވަންތަ ސްކޫލްގެ ހޯލު ހަދަން މާލެ ޖަލު ތަޅާލަން ފަށައިފި
ދަރުމަވަންތަ ސްކޫލްގެ ހޯލު ހަދަން މާލެ ޖަލު ތަޅާލަން ފަށައިފި އެވެ.
Advertisement

ދަރުމަވަންތަ ސްކޫލްގެ އިމާރާތާ އިންވެގެން ހުންނަ މާލޭ ޖަލުން ގައިދީން ހުސްކޮށް އެތަން ބަންދުކުރީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ. 

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އެޅި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި ކިޔަވައިދޭން ފެށީ 07 އޯގަސްޓް 2023 ގައި އެވެ. އޭރު ސްކޫލް ހުޅުވިއރުވެސް ކުރިންވެސް ނިންމާފައި އޮތީ އެސްކޫލްގެ ބައެއްގެ ގޮތުގައި މާލޭ ޖަލު ހުރި ބިން ހަމަޖައްސާ ށެވެ.

ދަރުމަވަންތަ ސްކޫލްުގައި ހޯލެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ސްކޫލު ހުޅުވުނު ދުވަހުވެސް ބެލެނިވެރިން ވަނީ ފާޅުކޮށްފަ އެވެ. 

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވިދާޅުވީ މާލޭ ޖަލު ހުރި އިމާރާތް ތަޅާލުމުގެ މަަސައްކަތް މިހާރު ބަޔަކާ ހަވާލުކޮށް އެކަން ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ޖަލު ހުރި ބިމުގައި މާލޭގައި ހުންނާނެ އެންމެ ފުރިހަމަ އަދި ޒަމާނީ އެއް ހޯލް ހެދުން ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ. 

ދަރުމަވަންތަ ސްކޫލުގައި 41 ކްލާސްރޫމް ހުރެ އެވެ. ހާހަކަށްވުރެ ގިނަ ކުދިންގެ އާބާދީއަކަށް ކިޔަވައިދެވޭނެ ގޮތަށް އިމާރާތް ކޮށްފައިވާ އެ ސްކޫލްގައި ޕްރައިމަރީ އާއި ސެކަންޑަރީ އަށް ހާއްސަކޮށްގެން ދެ ފަންގިފިލާގެ ލައިބްރަރީއެއް ވެސް ހުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;