ads
އެމްޑަބްލިއުއެސްސީގެ އިސްވެރިން "ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް" ފުރިހަމަ ކުރިޔަށް ދަނީ
އެމްއެންޑީއެފްގެ ލީޑާޝިޕް ޕްރޮގްރާމްގައި އެމްޑަބްލިއުއެސްސީގެ އިސްވެރިން ބައިވެރިވެއްޖެ
އެމްއެންޑީއެފް ގިރިފުށީ ޓްރޭނިން ސެންޓަރުގައި ކުރިއަށްގެންދިޔަ "ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް" އެމްޑަބްލިއުއެސްސީގެ އިސްވެރިން ކާމިޔާބުކަމާއެކު ފުރިހަމަކޮއްފި އެވެ.
Advertisement

މިއީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި، އަހުލާގާއި، ސްޓްރެޓީޖިކް ވިސްނުމުގެ އިތުރުން ސާބިތުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

މި ޕްރޮގްރާމުން ޙާސިލުކުރެވުނު އިލްމާއި ތަޖުރިބާގެ އަލީގައި ކުންފުނީގެ ނިންމުންތައް އިތުރަށް ހަރުދަނާވެ، މަސައްކަތުގެ މާހައުލުގައި ޓީމުތަކުގެ ގާބިލުކަން އިތުރުވެ، މުސްތަގުބަލަށް ތައްޔާރުވެފައިވާ ލީޑަރުންތަކެއް އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ ސަބަބުން ކުންފުނީގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ގައުމަށް ބޭނުންތެރި، ގާބިލު ލީޑަރުން ބިނާކުރުމުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ އިސްކަމާއި، މިނިސްޓަރު އޮފް ޑިފެންސް، ޗީފް އޮފް ޑިފެންސް ފޯސް އަދި އެމްއެންޑީއެފްގެ ލީޑަރޝިޕުން ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައި އެވެ.   


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;