ads
ތިލަމާލެ ބްރިޖު
ތިލަމާލެ ބްރިޖު އަންނަ އަހަރު ޑިސެމްބަރު 21ގައި އާއްމުކޮށް ހުޅުވޭނެ
ތިލަމާލެ ބްރިޖު އަންނަ އަހަރު ޑިސެމްބަރު 21ގައި އާއްމުކޮށް ހުޅުވޭނެކަމަށް ލަފާކުރެވޭކަމަށް އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފި އެވެ.
Advertisement

ތިލަމާލެ ބްރިޖުގެ މަސައްކަތް މި ސަރޫކާރުން ފަށަން ޖެހުނީ ސުމަކުންކަމަށައި މިހާރު ރާއްޖެއާ އިންޑިއާގެ ގާތް ގުޅުމުގެ ސަބަބުން ތިލަމާލެ ބުރިޖުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފަ އެވެ.  

ރައީސްގެ މިވާހަކަތަކާއި ގުޅިގެން އެކި ފަރާތްތަކުން ގެންދަނީ ފާޑިކިޔަމުންނެވެ. އެކަމާއ ގުޅުވާ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސްގެ ވާހަކަ ދިފާއު ކުރައްވާ ވިދާޅުވީ ތިލަމާލެ ބުރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 16 ސެޕްޓެންބަރު 2021 ގައި. އެމް.ޑީ.ޕީ ސަރުކާރުގައިކަމަށެވެ. އެހެންނަމަވެސް ދައުރު ނިމުނު އިރު 17 ނޮވެންބަރު 2023 އާ ހަމައަށް ނިމިފައިވަނީ މި މަޝްރޫއުގެ އެންމެ 27 އިންސައްތަ މަސައްކަތް ކަމަށެވެ. 

އެހެންނަމަވެސް، 17 ނޮވެންބަރު 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މި މަޝްރޫއަށް ދެއްވި ހާއްސަ އަހައްމިއްޔަތުކަމުގެ ސަބަބުން މަސައްކަތުގެ ދުވެލި ވަނީ އެތައް ގުނައަކަށް ހަލުވިވެގެން ގޮސްފައިކަމަށް ނާޝިދު ވިދާޅުވި އެވެ. މިގޮތުން މިހާރު މި މަޝްރޫއުގެ 76.1 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މުޅި ބުރިޖު އެއްކޮށް ނިންމައި އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ލަފާކުރެވެނީ 21 ޑިސެންބަރު 2027 ގައިކަމަށް ނާޝިދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;