ads
އަނަންޔާ ރާޖު
އަނަންޔާ ރާޖު މަރުވިކަން އާއިލާއިން ހާމަކުރީ މަހެއްހާ ދުވަސް ފަހުން
ބޮލީވުޑްގެ ފިލްމުތަކުން ފެނިގެންގޮސްފައިވާ އެކްޓަރު އަނަންޔާ ރާޖު މަރުވިކަން އާއިލާއިން ހާމަކުރީ އޭނާ މަރުވިތާ މަހެއްހާ ދުވަސް ފަހުންނެވެ.
Advertisement

އަނަންޔާގެ އާއިލާއިން މިކަން ހާމަކޮށްފައިވަނީ އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އަނަންޔާ މަރުވީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

އުމުރުން 27 އަހަރުގައި އަނަންޔާ މަރުވީ ނިދާފައި އޮއްވައި އަމާންކަމާއެކު ކަމަށް އާއިލާއިން ބުންޏެވެ. "7 އަވާސް ޓު ގޯ" އާއި "ދަ ފައިނަލް އެގްޒިޓް" އަދި "ގޯސްޓް" ފަދަ ފިލްމުތަކުން ފެނިގެންގޮސްފައިވާ އަނަންޔާ މަރުވި އިރު، އޭނާ ދިޔައީ ފިލްމީ ދާއިރާގައި މަގުބޫލުކަން ހޯދަމުންނެވެ.

އަނަންޔާ މަރުވުމުގެ ކުރިން އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން ޖިސްމާނީ އަދި ނަފްސާނީ ތަކްލީފުތަކެއް ތަހައްމަލުކުރަމުން ދިޔަ ކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް އޭނާއަކީ ހިތްވަރުގަދަ މީހެއްގެ ގޮތުގައި ސިފަކުރަމުން، މި ދަނޑިވަޅުގައި އާއިލާގެ އަމިއްލަ ކަންކަމަށް އިހުތިރާމްކުރުމަށް އާއިލާއިން ވަނީ އެދިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;