ރައްޔިތުން މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ހަސަން ޒަރީރު ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުން ގިނަވުމުން މުސާަރަ ދިނުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން ކުންފުނުތައް ރީސައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ ސާރުކާރު ކުންފުނިތަކަށް މިދިޔަ ސަރުކާރާއި މި ސަރުކާރުން މިހާތަނަށް މުވައްޒަފުން ވެއްދި އަދަދު ތަފްސީލުތައް މަޖަލީހުގައި ދެއްވާފަ އެވެ. އެގޮތުން މިދިިޔަ އެމްޑީޕީ ސަރުކާރުގައި ސަރުކާރު ކުންފުނިތަކަށް ވެއްދި މުވައްޒަފުންގެ އަދަދު 2018ގައި ހުރިވަރަށް ވުރެ 100 އިންސައްތަ އިތުރުކަމަށެ ވެ.
ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ވެއްދި އަދަދުތައް
މިިނިސްޓަރު ޒަރީރު ވިދާޅުިވީ މިހާރު ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ ޖުމްލަ އަދަދު 41667 އަރާ ކަމަށެވެ. ސަރުކާރު ކުންފުނިތައް ރީސައިޒްކުރުމުގެ މަސައްކަތުގެ ދަށުން ކުންފުނުތަކުން ވަކިވާ މުވައްޒަފުން ވިޔަފާރުި ފަށަން 600 މިލިއަން ރުފިޔާ ހަމަޖައްސާދީފައި ވާކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;