ads
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން ވިޔަފާރި ފަށަން 600 މިލިއަން ރުފިޔާ ހަމަޖައްސައިފިން : ޒަރީރު
ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން ވިޔަފާރި ފަށަން 600 މިލިއަން ރުފިޔާ ހަމަޖައްސާ އެ ފައިސާ ބޭންކުގައި ހުންނާނެކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅު ވެއްޖެ އެވެ.
Advertisement

ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުން ގިނަވުމުން މުސާރަ ދިނުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ވަކިކުރާ ކޮންމެ މުވައްޒަފަކަށްވެސް ގޮތެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ. 

އެގޮތުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ރިޑެންޑެންސީ ޕެކޭޖުތައް ހަދާފައިވާކަމަށް ޒަރީރު ވިދާޅުވި އެވެ. އެގޮތުން ވަޒީފާގައި ހޭދަކުރި މަުއްދަތައް ބަލާ ޕެކޭޖްތައް ހަދާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވިޔަފާރި ފެށުމަށް ކުމަދިގެ ނަމުގައި ފަންޑެއް ހަދާ އެ ފަންޑަށް 600 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ. އަދި އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވެ އެކަމަށް ޕްރޮޕޯޒަލް ހުށައެޅި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އެކަމަށް ފުރުސަތު ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބިޒްނަސް ޕްރޮޕޯސަލް ހަދަން ނޭނގޭ ފަރާތްތަކަށް މިނިސްޓްރީން އެހީތެރިކަން ދޭނެކަމަށް ވެސް ފިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ. 

" ބިޒްނަަސް ޕްރޮޕޯސަލްތައް ތައްޔާރުކޮށްދިނުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ބީސީސީ މެދުވެރިކޮށްވެސް ކޮށްދޭނެ. އެހެން ވީމާ އެ ފައިސާ އަކީ ހަމަޖެހިފައި ހުރި ފައިސާ. ބޭންކުގައި އެސްއެމްއީ ޑިޖިޓަލްގައި ހުރި ފައިސާއެއް." ޒަރީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރިޑަންޑަންޓް ކުރުމުގެ ބަދަލުގައި ވަޒީފާއިން ވަކިކުރާ ކޮންމެ މުވައްޒަފަކަށް ވެސް ސަރުކާރުން ގޮތެއް ހޯދައިދޭނެކަމަށެވެ. ސަރުކާރުގެ އަމާޒަކީ ކާންދިނުމުގެ ބަދަލުގައި ކެވޭނެ ގޮތެއް ހޯދައިދިނުންކަމަށްވެސް މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް