ads
ސުޕްރީމް ކޯޓު
އެސްޖޭގެ ބިޑު ބާތިލުކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ތ. ވިލުފުށި، ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރުގައި ހައުސިން ޔުނިޓްތަކެއް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއި އެސްޖޭ ޓްރޭޑްގެ ޖޮއިންޓް ވެންޗާއިން ހުށަހެޅި ބީލަންތައް ބާތިލުކުރި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
Advertisement

މި މައްސަލައަކީ އެސްޖޭއިން ހުށަހެޅި ބިޑުތަކުގައި ފައިނޭންޝަލް އަދި އެމްޕްލޯޔާސް ރިކުއާމެންޓް ފުރިހަމަނުވާ ކަމަށް ނިންމައި، ނޭޝަނަލް ޓެންޑާ ބޯޑުން އެ ބިޑުތައް ޑިސްކޮލިފައި ކުރުމުން އެސްޖޭއިން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި ހުކުމްކުރީ އެސްޖޭގެ ހުށަހެޅުމުގައި ޝަރުތުތައް ފުރިހަމަވާ ކަމަށް ކަނޑައަޅައި، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް ބިޑް އެވޯޑްކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމަށެވެ. އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ތިން އަހަރެއްހާ ދުވަހުގެ ނިޔަލަށް މައްސަލަ ބެލުމަށްފަހު ހައިކޯޓުންވެސް ނިންމީ ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައި އެސްޖޭއާ އެއްކޮޅަށެވެ.

ދަށު ކޯޓާއި ހައިކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން މިހާރު ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް، މި މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;