ads
ފިނޭންސް މިނިސްޓާރު ހަސަން ޒަރީރު
މިސަރުކާރުން އިތުރު 5 ކުންފުނި ހެދި، މުވައްޒަފުންގެ އަދަދު 889 އަރާ: ޒަރީރު
މިސަރުކާރު ވެރިކަމަށް އައިފަހުން މިހާތަނަށް އިތުރު 5 ކުންފުނި އުފައްދާފައިވާކަމަށާއި އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 889 އަރާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުން މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަބާބު ދެއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެ ކުންފުންޏެއް އުވާލާ ފަސް ކުންފުންޏެއް އަލަށް އުފައްދާފައިވާކަމަށެ ވެ. 

އުވާލި އަދި އުވާލުމުގައި އުޅޭ ކުންފުނިތައް 

  • ސްޕޯޓްސް ކޯޕަރޭޝަން (އުވާލާފައި) / 12 މުވައްޒަފުން ތިބި އެންމެން ސްޕޯޓްސް މިނިސްޓްރީއަށް ބަދަލުކުރީ 
  • އެމްއައިޓީސީ (ލިކުއެޑޭޝަން މަރުހަލާގައި ) / 10 މުވައްޒަފުން އެބަތިބި
  • ރީޖަނަލް އެއާޕޯޓްސް /  އެމްއޭސީއެލް އާއި އެއްކޮށްލާ މުވައްޒަފުން އެމްއޭސީއެލްގެ ބެލުމުގެ ދަށަށް

މިސަރުކާރުން އަލަށް އުފެއްދި ކުންފުނިތައް 

  • މޯލްޑިވްސް ޕިޝަރީޒް އެންޑް އޯޝަން ރިސޯސް އެންޑް މާކެޓިން ޕްރޮމޯޝަން ކޯޕަރޭޝަން ލިމިޓެޑް
  • ޑިވޮލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް 
  • މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވޮލޮޕްމެންޓް ލިމިޓެޑް 
  • އިންފްރާސްޓްރަކްޗާ ޑިވޮލޮޕްމެންޓް ސޮލިއުޝަން ކޮމްޕެނީ 
  • ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓްފާމާ)

މިނިސްޓަރު ޒަރީރު ވިދަޅުވީ އަލަށް އުފެއްދި ކުންފުނިތަކުގެ ތެރެއިން ސްޓޭޓްފާމާގައި މިހާރުވެސް 733 މުވައްޒަފުން އެބަތިބި ކަމަށެ ވެ. އެއީ އެސްޓީއޯ ފާމަސީތަކުގައި މަސައްކަތް ކުރި މުވައްޒަފުންކަން މިނިސްޓާރު ފާހަގަކުރި އެވެ. 

އަލަސް އުފެއްދި ކުންފުނިތަކުން އިތުރުވެފައި ވަނީ 156 މުވައްޒަފުންކަމަށާއި އަލަސް އުފައްދީ 5 ކުންފުނީގައި ޖުމްލަ 889 މުވައްޒަފުން ތިބިކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ. މިނިސްޓާރު ވިދާޅުވީ ދައުލަތުން މިހާރު މުސާރައަށް މަހަކު 1.4 ބިލިއަން ރުފިޔާ ހޭދަކުރަމުން އަންނަނަކަމަށެ ވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;