ads
އަހުމަދު އާދަމް (ހޮލޯގްރާމް އަހުމަދު)
އިސްލާހީ ހަރަކާތުގައި އިސްރޯލެއް އަދާކުރި ހޮލޯގްރާމް އަހުމަދު ނިޔާވެއްޖެ
ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ގެނައުމަށް ހިންގި އިސްލާހީ ހަރަކާތުގައި އިސްރޯލެއް އަދާކުރި އަހުމަދު އާދަމް (ހޮލޯގްރާމް އަހުމަދު) ނިޔާވެއްޖެ އެވެ.
Advertisement

އުމުރުން 55 އަހަރުގައި އަހުމަދު ނިޔާވީ އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭސްފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ.

އިސްލާހީ ހަރަކާތްތަކުގެ ތެރެއިން އެތައް ފަހަރަކު އަހްމަދު ވަނީ ޖަލަށްލާފަ އެވެ. އެގޮތުން އެދުވަސްވަރު "މިނިވަން ބަހުސް" ގެ ނަމުގައި ކުރިޔަށް ދިޔަ ބައްދަވުންތަކުގެ ތެރެއިން ގެ ދެވަނަ ބައްދަލުވުމުގައި، އަހުމަދު އާއި އޭނާގެ ބޭބެ އޭރުގެ ރައީސް މައުމޫނުގެ އިސްތިއުފާއަށް ގޮވާލައި ޕޯސްޓަރެއް ނެގުމުން އެ މައްސަލާގައި ވަނީ ބަންދުކޮށް ޖަލަށް ލި އެވެ. 

މީގެއިތުރުން 2004 ވަނަ އަހަރުގެ އޯގަސްޓް 12، 13 ގެ މުޒާހަރާގައިވެސް އަހްމަދު ޖަލަށް ލި އެވެ.އެ މުޒާހަރާއަށް ފަހު އޭރުގެ ސަރުކާރުން އަހްމަދުގެ ފިހާރަ ހޮލޯގްރާމްގައި ހުރި ކޮމްޕިއުޓަރުތަކާއި މުދާތައް ހިފެހެއްޓި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;