މި މުބާރާތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ރޭސް ކިޓް ދޫކުރުން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 10:00 އަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށްގެންދާ "ޑީއެމްއޯ އެކްސްޕޯ" ގެ ތެރެއިންނެވެ. މި ރޭސް ކިޓުގެ ތެރޭގައި މުބާރާތުގެ ރަސްމީ ޓީޝާޓާއި ސްވިމް ކެޕް ހިމެނެ އެވެ.
ދިރާގު މާލެ އޯޕަން 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 21 އަދި 22 ގައި މާލޭގެ ރަސްފަންނު ސަރަހައްދުގަ އެވެ. "ސްވިމް މޯލްޑިވްސް" އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ މަގްސަދަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި މުބާރާތުގައި 1 ކިލޯމީޓަރު، 500 މީޓަރު އަދި 250 މީޓަރުގެ ކެޓެގަރީތަކުގައި ފެތުންތެރިން ވާދަކުރާނެ އެވެ. އަދި، މި އަހަރުގެ މުބާރާތަށް 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއެއް ވަނީ ތައާރަފްކޮށްފަ އެވެ. މިއީ ރައްޓެހިންނާއި، އާއިލާއާއެކު، ނުވަތަ ފަތާ ކްލަބުތަކަށް ނިސްބަތްވާ ފެތުންތެރިން އެކުގައި ޓީމެއްގެ ގޮތުގައި ވެސް ބައިވެރިވުމަށް ލިބޭ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިރާގުން އަންނަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;