ads
ރައީސް މުއިއްޒު އާއި ޕްރައިމް މިނިސްޓަރު މޯދީ
އައްޑޫގައި އިންޑިއާ ކޮންސުލޭޓެއް ހަދަން ނުނިންމާ މަޝްވަރާ ކުރަނީ: ސަރުކާރު
އައްޑޫގައި އިންޑިއާ ކޮންސުލޭޓެއް ހަދަން އަދި މިހާތަނަށް ނުނިންމާކަމަށާއި އެކަން ނިމޭނީ މަޝްވަރާކޮށްގެންކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
Advertisement

ފޮރިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ  އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އިންޑިއާ ސަފީރު ޖީ ބާލަސުބްރަމާނިއަން ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނިކޮށެވެ. 

މިވާކަތަކާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ދެ ޕެރެގްރާފްގެ ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ޤާއިމުކުރުމާއި ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ޝާޢިއުކޮށްފައިވާ ހަބަރުތަކަކީ ސައްހަނޫން ހަބަރުތަކެއްކަމަށް ފާހަގަކުރާކަމަށެ ވެ. އެގޮތުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމުކުރުމަށް ސަރުކާރުނ އަދި ވަކި ގޮތެއް ނުނިންމާކަމަށެވެ. އެހެންނަމަވެސް މީ މަޝްވަރާކޮށްގެން ނިންމޭނެ ނިންމުމެއްކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

" މާލެ ސިޓީ ނޫން އެހެން ރަށެއްގައި ބޭރު ޤައުމުއެއްގެ ކޮންސުލޭޓެއް ޤާއިމުކުރުމާމެދު ދިވެހި ސަރުކާރުން ވަކި ގޮތެއް މިހާތަނަކަށް ނިންމާފައެއް ނުވެއެވެ. އަދި މިކަމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނިގެން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމޭނެ ނިންމުމެއްކަމަށް ދިވެހިސަރުކާރުން ދެކެއެވެ. " ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނުގައި ވެއެވެ.

އެހެންކަމުން، ނޫސްތަކުގައާއި މީސްމީޑިއާގައި ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިއުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމާއި، ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއްކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

އައްޑޫސިޓީގައި އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމުކުރުމުގެ ވާހަކަ މިދިޔަ ވެރިކަމުގެ ދުވަސްވަރުވެސް ދެކެވުނެވެ. އޭރު އެވާހަކަ ދެކެވުނީ 2021 މޭ 25 ގައި އިންޑިޔާގައި ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު، ކެބިނެޓުން އެގޮތަށް ފާސްކުރުމުން ނެވެ. އެކަމާއި އޭރު އިދިކޮޅުގައި ތިއްބެވި މި ސަރުކާރުގެ  ވެރިން ވަނީ މިދަިޔަ އެމްޑީޕީ ސަރުކާރަށް ބޮޑެތި ފާޑިކިޔުންތަކެއް އަމާޒުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;