ސުހޭލް ހާން އެންމެ ފަހުން އާންމުންގެ ތެރެއަށް ނުކުމެއުޅުނު އިރު އޭނާ ވަރަށް ބޮޑަށް ހިކިފައި ހުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ.
ރިއަލިޓީ ޝޯއެއްގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން ސުހޭލް ހާންގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ސަޕޯޓަރުން ވަނީ އޭނާއަށް ބޮޑު ބައްޔެއް ޖެހިފައިވަނީތޯ ސުވާލުުއުފައްދާފައެވެ. އަދި ބައެއް މީހުން ވަނީ އޭނާ ބަރުދަން ލުއިކުރާ ހާއްސަ ބޭހެއް ބޭނުންކުރަނީތޯ؟ ވެސް ސުވާލު އުފައްދާފަ އެވެ.
މި ވާހަކަތަކާ ގުޅިގެން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސުހޭލް ހާން ވަނީ އޭނާގެ ބަރުދަން ލުއިވި ހަގީގީ ސަބަބު ހާމަކޮށްފައެވެ. އޭނާ ބުނީ ބަރުދަން ލުއިވީ ގަސްދުގައި ކަމެއް ކުރަން އުޅެގެން ނޫން ކަމަށާއި، އެއީ ރިއަލިޓީ ޝޯގެ ތެރެއިން ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.
ސުހޭލް ހާން ބުނި ގޮތުގައި އެއީ އޭނާ ރިއަލިޓީ ޝޯއެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. ޝޯގެ ފުރަތަމަ ދުވަސްކޮޅު ބަންދު ތަނެއްގައި އުޅެންޖެހުމުން ކްލޮސްޓްރޯފޯބިއާގެ މައްސަލަ ދިމާވި ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ޝޯގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރޯގާއެއް ޖެހި، ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވި ކަމަށްވެސް އޭނާ ބުންޏެވެ.
ސިއްހީ ގޮތުން ބޮޑެތި އުނދަގޫތަކެއް ދިމާވި ނަމަވެސް، ޝޯގެ އެހެން ބައިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ލޯބީގެ ސަބަބުން ފަސް ހަފްތާ ވަންދެން ޝޯގައި މަޑުކުރެވުނު ކަމަށް ސުހޭލް ހާން ބުންޏެވެ. އޭނާ ވަނީ ދަތި އުނދަގޫ ވަގުތުތަކުގައި ޝޯގެ ބައިވެރިން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;