ads
ގާޒީ އިހްސާން
ގާޒީ ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި: ޖޭއެސްސީ
ސިވިލް ކޯޓުގެ ގާޟީ ޢަބްދުﷲ އިޙްސާން، ވަގުތީގޮތުން 60 ދުވަހުގެ މުއްދަތަކަށް މަޤާމުގެ މަސައްކަތުން ދުރުކުރުމަށް ނިންމީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައަކާ ގުޅިގެން ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
Advertisement

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އިޙްސާންގެ ސަސްޕެންޝަނާ ގުޅިގެން މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ކަންކަން ސާފުކޮށްދެމުން، އޭނާ މަސައްކަތުން ދުރުކުރީ ކޮމިޝަނަށް ހުށަހެޅި ތަޙުޤީޤުކުރަމުންދާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. 

މި މައްސަލައިގެ ތަޙުޤީޤަށް ގާޟީ އިޙްސާންގެ ބަޔާން ނަގައި، އިތުރު ފަރާތްތަކެއްގެ ބަސްވެސް ވަނީ ހޯދާފައެވެ. 

އިޙްސާން މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލައިގެ ތަޙުޤީޤަށް ހުރަސްއެޅިދާނެ ކަމަށް ފެންނާތީއާއި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އޭނާ ވަނީ ސަސްޕެންޑުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;