ads
ދުނިޔޭގެ އެންމެ ބޮޑު މުބާރާތުން 4 ވަނަ ހޯދި އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު
ދުނިޔޭގެ އެންމެ ބޮޑު މުބާރާތުން 4 ވަނަ ދިވެހި އަންހެން ދަރިވަރަކަށް، އިނާމަކަށް 45 ހާސް ޑޮލަރު
ގުރުއާން ހިތުން ކިޔެވުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުން 4 ވަނަ ދިވެހި އަންހެން ދަރިވަރަކު ހޯދައިފި އެވެ.
Advertisement

މައްކާގައި ބޭއްވި މި މުބާރާތުން 4 ވަނަ ހާސިލުކުރި ދިވެހި ދަރިވަރަކީ އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު، މއ. އަސާސް އެވެ. މި ވަނައިގެ އިނާމަކަށް 170000 ރިޔާލް ( 45690 ޑޮލަރު) އިނާމެްްގެ ގޮތުގައި ވަނީ ކަނޑައެޅިފައި ވެއެވެ. 

މިއީ މި މުބާރާތް ބޭއްވި 46 ވަނަ ފަހަރު އެވެ.  133 ޤައުމުން މި ފަހަރު ބައިވެރިވި އިރު  މިއީ މި މުބާރާތުގެ ތާރީހުގައި އަންހެން ކުދިން މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މީގެ ކުރީން އަންހެން ކުދިންގެ ގޮތްޕެއް މި މުބާރާތުގައި ނޯވެއެވެ. 

މުބާރާތުގެ ނަތީޖާ ފާޅުކުރީ ރޭ ހަރަމްފުޅުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. އެ ޖަލްސާ ޝަރަފްވެރިކޮށްދެެއްވީ މައްކާގެ އަމީރުގެ ނައިބު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން ޢަބްދުލްޢަޒީޒެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;