ads
އީ ހެލްތު ކެއަރ" އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް، "ވީ ސްކޭން" މޮޑެލްތައް އެސްޓީއޯއިން ރާއްޖެއަށް ތަޢާރަފްކުރުން
އެސްޓީއޯ ހެލްތު ކެއާއިން ސްކޭން މޮޑެލްތަކެއް ތައާރަފްކޮށްފި
އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ "ޖީއީ ހެލްތުކެއާ" އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް "ވީ ސްކޭން" ގެ މޮޑެލްތައް އެސްޓީއޯ އިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
Advertisement

ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފްލާގައި މިޑިވައިސް ތަޢާރަފްކޮށްދެއްވީ، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ، ޝިމާދު އިބްރާހިމާއި، ޖީއީ ހެލްތު ކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ އެވެ.

އެސްޓީއޯއިން ބުނީ، ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމުތަކުން ނިކުމެ ބަލިމީހާއާ ވީހާވެސް ކައިރިން ޚިދުމަތްދިނުމުގައި މިޑިވައިސް ބޮޑު ދައުރެއް އަދާކުރާނެކަމަށެވެ.

އަދި މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުދިކުދި ރަށްރަށަށް މިޚިދުމަތް ފުޅާކުރުމަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށް އެސްޓީއޯގެ ހެލްތުކެއަރ ޓީމުން ބުންޏެވެ. 

މިމޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑް ފޯނާއި ލެޕްޓޮޕަށް ގުޅާލެވި، ސްކޭންކުރާ އިމޭޖްތައް ޑީކޮމް ސްޓޭންޑަޑްގައި ޝެއާ ކުރެވޭނެ އެވެ.

your imageއީ ހެލްތު ކެއަރ" އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް، "ވީ ސްކޭން" މޮޑެލްތައް އެސްޓީއޯއިން ރާއްޖެއަށް ތަޢާރަފްކުރުން

އެސްޓީއޯއިން ބުނީ ސްކޭން މެޝިން ބްރޭންޑުތަކުގެ ތެރެއިން ޖީއީ ހެލްތު ކެއާއަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގްބޫލު ބްރޭންޑެއްކަމަށެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އަކީ އެސްޓީއޯ އެވެ. 

އަދި މިބްރޭންޑުގެ މެޝިނަރީސްގެ އާފްޓަރ ސޭލްސް ސަރވިސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުންވަނީ ޖީއީ ހެލްތު ކެއަރގެ ކޮންމެ މޮޑަލިޓީއަކަށް ހާއްސަ އިންޖިނިއަރެއް ތަމްރީނުކޮށް، މަސައްކަތަށް ނެރެފަ އެވެ.

އެގޮތުން އެމްއާރުއައި، ސީޓީ، މެމޮގްރަފީ އަދި އަލްޓްރާ ސައުންޑް ފަދަ ކޮންމެ މޮޑަލިޓީއަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތް އިރު، މިޓީމުގައި ދިވެހި އަންހެން އިންޖިނިއަރުން ތިބިކަން އެސްޓީއޯއިންވަނީ ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;