ads
ލަންޑަންގެ މޭޔަރު ސާދިޤު ޚާން
ޕްރިމިއަރ ލީގު އަލުން ފެށުމާއި ލަންޑަންގެ މޭޔަރުވެސް ދެކޮޅު
މެދު ކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އަލުން ފެށުމާއި ލަންޑަންގެ މޭޔަރު ސާދިގު ހާންވެސް ދެކޮޅު ހައްދަވައިފިއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ލަންޑަނުގެ ފަސް ކުލަބަކުން ކުޅެއެވެ.
Advertisement

މެދު ކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އިނގިރޭސި އެފްއޭއިން އަންނަނީ ވަމުންނެވެ. ލީގު އަލުން ފެށޭނެ ސީދާ ތާރީހެއް އަދި ކަނޑަނޭޅުނު ނަމަވެސް ޖޫން މަހުގެ ކުރިން އެއްވެސް ކުޅިވަރެއް ނުކުޅެވޭނެ ކަން ސަރުކާންވަނީ އަންގާފައެވެ. ލަންޑަން މޭޔަރު ސާދިގު ހާންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ކުޅިވަރު އަލުން އަނބުރާ ގެނައުން ކިތައްމެ މުހިއްމު ނަމަވެސް މީހުންގެ ފުރާނަ އެއަށްވުރެ މާ މުހިއްމެވެ.

ސާދިގަކީ ކުޅިވަރަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެއް. ޕްރިމިއާ ލީގު ގަވައިދުން ފޮލޯ ކުރައްވާ، އަދި ކުޅިވަރު އަލުން އެނބުރި އައުންވެސް މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ. އެހެންނަމަވެސް މި ވަގުތު އެންމެންގެ ރައްކާތެރިކަން މާ މުހިއްމު ކަމާއި މިއީ އަލުން ލީގުގެ ކުޅުން ފެށުމުގެ މަޝްވަރާތައް ކުރަންވީ ވަގުތު ނޫން ކަމަށް ސާދިޤު ދެކެވަޑައިގަންނަވާ

ޕްރިމިއާ ލީގުގެ ބާކީ މެޗުތައް ކުޅުމަކީ، ރައްކާތެރިކަމެއް ނޫން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ލީގު ކެންސަލް ކުރުން ކަމަށް މީގެ ކުރިން ލިވަޕޫލުގެ މޭޔަރު ޖޯ އެންޑާސަންވެސް ވަނީ ވިދާޅުވެފައެވެ. މޭޔަރު އެންޑާސަން ވިދާޅުވި ގޮތުގައި، ލީގުގެ ކުޅުން އަލުން ފަށައި، އަދި ލިވަޕޫލަށް ލީގު ލިބިއްޖެ ނަމަ އެކަން ވެގެންދާނީ ކޮރޯނާ ވައިރަސް އިތުރަށް ފެތުރުމަށް ހުޅުވޭ ދޮރަކަށެވެ. މާޗު މަހުގެ ތޭރަވަނަ ދުވަހު ޕްރިމިއާ ލީގު މެދު ކަނޑާލިރު ލިވަޕޫލް އޮތީ ޕްރިމިއާ ލީގުގެ ޓޭބަލްގެ އެއްވަނައިގައެވެ. ލީގު ކަށަވަރުކުރަން ލިވާޕޫލަށް ބޭނުންވަނީ އެންމެ ދެ މެޗުން މޮޅުވާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް