ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ރައީސްކަމަށް އުމުރުން 78 އަހަރުގެ އަލަމްގީރު އިންތިހާބުކުރީ ސިއްހީ ހާލަތުު ރަނގަޅު ނޫން ކަމަށް ބުނެ ކުރިން ރައީސްކަމުގައި ހުންނެވި މުހައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަލަމްގީރު ރައީސްކަމަށް އިންތިހާބުވީ މަޖިލީހުގައި ނެގުނު ވޯޓުގައި 255 ވޯޓު ކާމިޔާބު ކުރައްވައިގެން ނެވެ. އޭނާއާ ވާދަކުރެއްވީ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން އޮލީ އަހުމަދު އެވެ. އޭނާއަށް ލިބިވަޑައިގަތީ 88 ވޯޓެވެ.
އުމުރުން 84 އަހަރުގެ އޮލީ އަހުމަދަކީ ޖަމާއަތު-އީ-އިސްލާމީ އިސްވެ އޮވެ އުފައްދާފައިވާ 11 ޕާޓީގެ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓްވެސް މެ އެވެ.
ޝަހާބުއްދީން ރައީސްކަމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އޭނައަކީ ޒުވާނުން ނުކުމެ ކުރި މުޒާަހަރާތަކުގެ ސަބަބުން ވެރިކަން ދޫކޮށްލާ ފިއްލަވައިގެން އަމިއްލައަށް އިންޑިއާއަށް އަރުވާލެވިގެން ހުން ެވި ޝެއިހް ހަސީނާއާ ވަރަށް ގާތް ގުޅުމެއް އޮތް ބޭފުޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;