ads
ދަރިފުޅު - 47 ވަނަ ބައި
އެޕިސޯޑް 47
Advertisement

"މަޑުމަޑުން ބަލައިގެން ދަރިފުޅާ.." ބޮޑު ޕާރުސަލާއެކު ވެއްޓިދާނެތީ އަހަރެން ޖެހިލުންވީ އެވެ.

ވަރަށް އުނދަގުލުން އައިސް، އެ ޕާރުސަލް އަހަރެންނާއި ހަވާލުކޮށްފި އެވެ.

"އުފްފްފފފ.. ސޯ ހެވީ!" ޑްރާމާ ގޮތެއް ދައްކާލާފައި އަހަރެންގެ ލޯބި ދަރިފުޅު ބުނެލި އެވެ.

"މިއީ ކޯންޗެއް؟" އަހަރެން ސުވާލުކުރީމެވެ.

"ސަޕްރައިޒް ފްރޮމް ބައްޕަ" ނިކަން ލޯބިކޮށް ބުންޏެވެ.

"ބައްޕަ؟"

"ޔެސް ހީ ސޭ ޔޫ ލުކް ބިއުޓިފުލް އިން ދިސް އެންޑް ބީނިޝް ޓޫ" ނިކަން އުނދަގުލުން ބުނެލާ ފަދައިން ބަސްތައް އަތުރާލި އެވެ. ދެ ބުމަ ގާތްކޮށްލެވުނީ މި ވާގޮތެއް، ނޫނީ ވާން އުޅޭ އެއްޗެއްވެސް ނޭގޭތީ އެވެ. 

ޕާރުސަލް ތައްޔާރުކުރުމުގައި ބައްޕައަށް ބީނިޝް އެހީތެރިވެދިނިންތޯ ސުވާލުކުރީމެވެ. ލިބުނު ޖަވާބު ކިތަންމެ ހާވެސް ލޯތްބެވެ. އަހަރެންގެ މޫނުމަތީގައިވާ ހިނިތުންވުމަށް އަމިއްލަ އެސްފީނާ ޖެހިދާނެތީވެސް ބިރުގަތެވެ. 

މިފަދަ އުފާވެރި ހިނިތުންވުން ފުލުފުލުގައި ބައްދަލުކުރުމަކީ، އަހަރެންގެ ނަސީބުގައި މީގެކުރީން ލައްވާފައިވާ ނިއުމަތްތަކެއް ނޫނެވެ. މާބޮޑަށް އުފާވުމާއި ހާއްސަ ކަން އިހްސާސްވުމާއި އަހަރެންގެ ހިތްހަމަޖެހުން އެހެން މީހުންނަށް މުހިއްމުވުމަކީ އަހަރެންނާއި ރައްޓެހި ކަންކަމެއް ނޫނެވެ. ނަމަވެސް ބޭބެ އާއި މާލިކް، އަހަރެންގެ މުޅި ދުނިޔެ ބަދަލު ކޮށްލައިފި އެވެ. އެސްފިޔައެއް ޖަހައިލާ ފަދައިން ކަންކަން ބަދަލުވެދާނެތީ އަހަރެން ޖެހިލުންވެ އެވެ. ނަމަވެސް މިފަދަ ވަގުތެއްގައި އެކަންކަމާއި ވިސްނާއި، ހާލަތު ހަރާބު ކުރުމަކީ އަހަރެންގެ މަގުސަދެއް ނޫނެވެ. 

"ހީ ސޭ ދިޒް ވަން ނޯ ދެޓް ވަން، ހީ ސޭ ޕިންކް ދެން ޕަރޕަލް ދެން ޔެލޯ، ދެން ބްލެކް، ހީ ކްރޭޒީ!" ޑްރާމާ ގޮތަކަށް އެއް އަތް ޅިނދުގައި ވިއްދާލާފައި އަނެއް އަތުން ނިއްކުރި ފޮޅައިލި އެވެ. 

"ބީނިޝް.. ދަރިފުޅާ.. ތި ކިޔާ ހުރިހާ އެއްޗެއް އަޑުއިވޭ އިނގޭ!" މާ ދުރުން މާލިކް ބުނާ އަޑު އިވުނެވެ.

"ނޯ ބައްޕާ އައި ނޯ ސޭ އެނީތިންގ" ބީނިޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލި ގޮތުން އަހަރެންނާއި ބޭބެގެ ހިނިގަނޑު ފަޅައިގެން ދިޔައީ އެކުއެކީގަ އެވެ.

"ފޯ ވަޓް؟'' އަހަރެން ވަރަށް ސިއްރުން ކަހަލަ ގޮތަކަށް ސުވާލުކޮށްލީމެވެ.

"ޔޫ ވިލް ނޯ"

"ވެން ވިލް އައި ނޯ"

"މަންމާ!!!"

"ޔެސް ބޭބީ ގާރލް"

"ޝްޝްޝްޝ.. ނޯ ޓޯކިން"

"ގާރލް!!!"

"ގާރލްލލ.. ޝްޝްޝް..ޝްޝްޝް... ޝްޝްޝް" ދެ ކޯ ފުއްޕާލާފައި އަހަންނަށް އެނގީ އަނގައިން އެންމެ ބަހެއްވެސް ނުބުނުމަށެވެ.

"ބީނިޝްޝްޝް.." އިތުރު އެއްޗެއް އަހަންނަށް ނުބުނެވެނީސް، ހެމުން ހެމުން ދޮރުން ބޭރަށް ދެމިގެންފި އެވެ.

ﷲގަންދީ ބުނަމެވެ. ރެއާއި ދުވާލު އެތަށް ފަހަރަކު ލޯބިން ފިދާވަމެވެ. މިދަރިފުޅުގެ ހައްގުގައި އަހަރެން ކަޑައްތު ނުކުރާނެ މިންގަނޑެއް ނުދެއްކޭނެ އެވެ. މި ލޯބި ލޯބި ދަރިފުޅުދެކެ އަހަރެންގެ ހިތުގެ އެންމެ އަޑިން ލޯބިވަމެވެ.

"ކައިރާ.. ފެންވަރާލައިގެން، ތައްޔާރުވެލައިގެން ތީތި ލާތި! ބީނިޝް މިރޭ ނިންދަވާނީ އަހަރެން ގާތުގައި" ބޭބެ ބުންޏެވެ.

"މާނައަކީ..؟" އެ ބުނި އެއްޗެއް ދޭހައެއް ނުވީތީ ސުވާލުކުރީމެވެ.

"މިބުނީ ބީނިޝްއާއިމެދު ހާސްނުވައްޗޭ! މިރޭ ބީނިޝް ނިންދަވާނީ އަހަރެން ގާތުގައޭ.. ސަންދަލްވެސް މިރޭ މިކޮޅުގައި މަޑުކުރާނެ.. އެހެންވީމާ ކައިރާ ހާސްވާކަށް ނުޖެހޭނެ!"

"ހާސްވާކަށް ނުޖެހޭނެ..؟ އަހަރެން..؟ ކޮން ކަމަކާ..؟" ވާނުވާއެއް ނޭގުނެވެ.

"ކައިރާ.... ސުވާލު ގިނަ ނުކޮށްބަލަ! ބުނާ ބަސް އަހައިގެން އަވަހަށް ތައްޔާރުވެލާބަލަ!" ބޭރުން މާލިކް ގޮވައިލި އަޑު އިވުނެވެ.

"މިތަނުގައި މިވާ ކަންތައްތަކެއް ބޭރުގައި ހުއްޓައި މާލިކްއަށް އެނގުނީ ކިހިނެއް؟" އަހަރެން ސުވާލުކުރީމެވެ.

"ވިސްނުން ވަރަށް ތޫނު ވާނެ.. ކޮންމެ އަހަރަކު މުޅި ސްކޫލުންނާއި ކޮލެޖުންނާއި ޔުނިވަރސިޓީންވެސް އެއްވަނަ ހޯދީ އެހެންވެ!" ސިކުނޑިއަށް އިޝާރާތްކޮށްލާފައި ވަރަށް ޔަގީންކަމާއެކު މަޖާގޮތަކަށް ބޭބެ ބުނެލި އެވެ. 

އަހަރެންގެ ހިނިގަނޑުގައި ތާޒާކަން ނޫނީ ނުވެ އެވެ. ކޮންމެއަކަސް، ބޭބެ އާއި ބީނިޝް އެ ބުނާ ގޮތެއް ހަދަން އެބަޖެހެ އެވެ. ބަސްއަހައިގެން ތައްޔާރުވުމަށް އެ ޕާރސަލް ހިފައިގެން މާލިކްގެ ކޮޓަރިއަށް ވަނީމެވެ. 

ޕާރސަލް ކަނޑާފައި ފޮށި ހުޅުވައިލީމެވެ. ކަޅުކުލައިގެ ވަރަށް ރީތި ހިތްގައިމު މެކްސީއެއް އޮތެވެ. އަނދިރި ރެއެއްގެ ވިދާ ތަރިތަށް ފަދަ ހިތްގައިމު ކުދިކުދި ޖަވާހިރުތަކެއް ފަދަ ވިދުމެއް ހުއްޓެވެ. އެއާއި ގުޅޭނެ، ރީތި ޝޯލްއެއްވެސް އޮތެވެ. މިއަށްވުރެން ހިތްގައިމު ހެދުމެއް އަހަރެން ހަމަލޮލުން ދުވަހަކުވެސް ނުދެކެމެވެ. 

އޭގެ ތެރޭގައި މަހުމާ ކުޑަކުޑަ ފޮއްޓެއް އޮތެވެ. ފަރުވާތެރިކަމާއެކު ހުޅުވާލީމެވެ. އެއީ އަތުގައި އަޅާނެ ކެވެލިކޮޅެކެވެ. އަންހެން ކުއްޖަކު ލޯބިން މަރުވާވަރުގެ ފުރިހަމަ އެ ހަދިޔާއަކީ ހުދުރަނާއި ޖަވާހިރުގެ ފަރުމާއެއްކަން ޔަގީންވީ، އޭގައި ލިޔެފައިވާ ލިޔުން ކިޔާލީތީ އެވެ. 

އަހަރެންގެ ކަންދުރާއިން ހީބިހި ނެގި އެވެ. އެފަދަ އަގުހުރި އެއްޗެއް ލިބުން ނުލިބުން އެއީ މުޅިން އެހެން މައުލޫއެކެވެ. މިފަދަ އަގުހުރި އެއްޗެއް ހަމަލޮލަށް ފެންނާނެކަމަށް ދުވަހަކުވެސް ހުވަފެނަކުންވެސް ނުދެކެމެވެ.  

.......................

(މާލިކް)

އަހަރެންގެ 'ސެޓް އަޕް' އޮތް ލޮކޭޝަން އަށް އާދެވިއްޖެ އެވެ. ލިބުނު ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި އަހަންނަށް ކުރެވުނު އެންމެ ފުރިހަމައަށް މިތަން ތައްޔާރުކުރަން ވަރަށް މަސައްކަތް ކުރީމެވެ. ބީނިޝްއާއި ފަހަދުގެ ދިމާކުރުންތަކުން ސަލާމަތްވެގެން މިކަމަށް ވަގުތު ހޯދުމަކީ ފަސޭހައިން ލިބުނު ފުރުސަތެއް ނޫނެވެ. 

ސީދާ ލޮކޭޝަންއަށް މަޑުކުރުމުގެ ބަދަލުގައި އަހަރެންގެ ކާރު ޕާކްކުރީ ތަންކޮޅެއް ދުރުގައި އެވެ. ކުއްލިޔަކަށް ކިއާރާގެ ސަމާލުކަމަށް މި ސެޓް އަޕް އައުމަކީ މިރޭ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. ސީޓްބެލްޓް ނައްޓުވާލާފައި ކައިރާއާއި ދިމާއަށް ބަލައިލީމެވެ. ތިރީ ތުންފަތް ހަފާލަހަފާލަ އިން ގޮތުން ހިނިވެސް އައެވެ.

"ހެއި ޕްރިންސެސް.. ޔޫ އޯކޭ!"

"އޫމްމްމްމްމމމ.. ހިތް ނުތަނަވަސް ވަނީ"

"އިޓްސް ޖަސްޓް މީ ޑާރލިންގ"

"ތިކަން އިނގޭ.. އެކަމަކު މި ނުތަނަވަސްކަމުގެ ސަބަބެއް ނޭނގޭ.. މި އިހްސާސް ހުއްޓުވާނެ ގޮތެއްވެސް ނޭގުނު"

ކައިރާގެ ފައިގާ ފިރުމާލީމެވެ. 

އޭނާގެ އިހްސާސްތައް ހަމަޔަކަށް އަޅުވައިލެވޭތޯ އެވެ. ލޯތްބާއެކު ކޯތާފަތުގައިވެސް ފިރުމާލީމެވެ. އެ ހިތަށް އަރާމެއް ދެވޭތޯ އެވެ. އެ ފިރުމުންތަކުން މާބޮޑު އެހީތެރިކަމެއް ނުލިބުމުން، އަހަރެން ގަސްތުކުރީ ކާރުން ފައިބާށެވެ. އަހަރެންނާއެކު ކައިރާވެސް ފޭބި އެވެ.

"މާ ބޮޑަށް ނުވިސްނާ.. ނުތަވަސްކަން ހިނދުކޮޅެއްގެ ތެރޭގައި ވަޔަށް އަރައިގެން ހިނގައިދާނެ.. ކައިރާއަށްޓަކައި އަހަރެން ކުރި މަސައްކަތަށް ހިތްހަމަޖެހޭނެކަމަށް ވަރަށް އުއްމީދުކުރަން.." ކަންފާތާއި ނުހަނު ގާތްވެލާފައި އަހަރެން ބުނީމެވެ.

"ހިތްހަމަޖެހޭނެ.. އެކަން ޔަގީން"

"މާ ބޮޑަށް ޔަގީން ނުކުރޭ، ބޭބީ ގަރލް!" ކައިރާގެ ކޮލުގައި އަހަރެންގެ ތުންފަތް ބީއްސާލީމެވެ. 

އިވުނު ލުއިލުއި ހިނިތުންވުމުގެ ރާގަށް، އަހަރެންގެ އެސްފިޔަތަށް ނަށައިލި އެވެ. ވިސްނާނެ އިތުރު ފުރުސަތެއް ނުދީ، އަހަރެންގެ އަތް މަތީގައި ކައިރާ އުފުލާލީމެވެ. ޖެހިލުމެއް ނެތި އަހަރެންގެ މޭގައި ބޯ އަޅާލާފައި މޭގެތެރޭގައި ބޮނޑިވެލައިފި އެވެ.

"މައި ލަވް... މަޑުމަޑުން ދެ ލޯ މަރައިލާ! ލޯ ހުޅުވާލަންވީމައި ބުނާނަން" އަހަރެންގެ ޖުމުލަ ނުނިމެނީސް، ބޮލުން އިޝާރާތްކޮށް ދެ ލޮލުގެ އެސްފިޔަވެސް ލައްޕާލައިފި އެވެ. އަހަރެންގެ ހިތުގެ ތެޅުން ފާޅުކަން ބޮޑު ގޮތެއްގައި ކައިރާއަށް އިވޭނެކަން ޔަގީނެވެ. މިވަގުތު ނުހަނު ބާރަށް ހިތް ތެޅެނީ އެވެ.

"ދެން ހުޅުވާލަންތަ..!"އެގޮތުގައި ކުޑައިރުކޮޅަކު އޮތުމަށްފަހު ކައިރާ އަހައިލި އެވެ. 

"އަދި ނުވޭ، ބޭބީ" 

އެކަކުން ވިއްސަށް ގުނާލުމަށް ބުނީމެވެ.

ކޮންމެ ސިކުންތަކު ނޭވާލަމުން، ވިހި ސިކުންތު ހަމަވުމުން ލޯ ހުޅުވުމުގެ ހުއްދަ ލިބޭނެކަމަށް ބުނީމެވެ. އަހަރެންގެ ބުނުމަށް މަޑުމަޑުން، ލަސްލަހުން ގުނާން ފެށި އެވެ.

"ޔެސް ޔޫ ކޭން އޯޕެން ދެމް ނައު" (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;