ads
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ތަކެތި އާންމުކުރުން
މުދަލުގައި އަގު ނުޖަހާ 17 ފިހާރައަކަށް ނޯޓިސް ދީފި
މުދަލުގެ އަގު ސާފުކޮށް އެނގޭނެހެން ބަހައްޓާފައި ނެތް ކަމަށް ބުނެ މާލޭގެ 17 ފިހާރައަކަށް އިކޮނޮމިކް މިނިސްޓްރީން ނޯޓިސް ދީފި އެވެ.
Advertisement

ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖަހާ ފިހާރަތައް ބަލައި ފާސްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން މިމަހުގެ 15 އިން 20 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި 34 ފިހާރައެއް ބަލައިފާސްކުރި އެވެ.

އެ މިނިސްޓްރީން ބުނީ ބަލައިފާސް ކުރެވުނު ފިހާރަތަކުގެ ތެރެއިން ގާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހަމުންދަނީ 17 ފިހާރައިން ކަމަށެވެ. އަދި 17 ފިހާރައަކަށް ގާނޫނާ އެއްގޮތަށް އަގު ޖެހުމަށް ނޯޓިސް ދީފައިވާ ކަމަށެވެ. 

އިކޮނޮމިން މިނިސްޓްރީން ބުނީ، ކަންޒިއުމާ ޕްރޮޓެކްޝަން ގާނޫނާ އެއްގޮތަށް މުދަލުގެ އަގު ސާފުކޮށް ފެންނާނެހެން ބެހެއްޓުމަކީ ވިޔަފާރިވެރިންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

ހަމައެއާއެކު ކުރިއަށް އޮތް ތަނުގައި ވެސް ފިހާރަތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ސިލްސިލާކޮށް ކުރިއަށްގެންދާނެ ކަމަށާއި، ގަވާއިދާ ހިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މުދަލުގެ އަގު ސާފުކޮށް ބެހެއްޓުމުގެ މައިގަނޑު މަގުސަދަކީ، މުދާ ގަތުމުގެ ކުރިން އޭގެ އަގު ވަޒަންކޮށް، ހޭލުންތެރިކަމާއެކު ވިޔަފާރީގެ ނިންމުންތައް ނިންމުމަށް ކަސްޓަމަރުންނަށް ފުރުސަތު ހޯދައިދިނުމެވެ. އެހެންކަމުން ހުރިހާ ވިޔަފާރިތަކުންވެސް ގާނޫނަށް ފުރިހަމައަށް ތަބާވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް