މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ: ޏ. ފުވައްމުލައް، ޢަބްދުﷲ ހައިޝަމް އަދި ސ. ހުޅުދޫ، އަޙްމަދު ޛަނީފްގެ މައްޗަށެވެ. ހައިޝަމް، އެއް އަހަރާއި 6 މަހާއި 25 ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން ބަދަލުގެ ގޮތުގައި 25,000 ރުފިޔާ ދެއްކުމަށް އަމުރު ކުރިއިރު، ޛަނީފް: އެއް އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން ބަދަލުގެ ގޮތުގައި 25,000 ރުފިޔާ ދެއްކުމަށް ހުކުމް ކުރިއެވެ.
މިއީ އޮކްޓޫބަރު 2022 ގައި 6,500 ޑޮލަރު ގަތުމަށް މީހަކު ޖަމާކުރި 111,475 ރުފިޔާގެ ތެރެއިން ބައެއް ފައިސާ، މި ދެ މީހުން އެކައުންޓަށް ޖަމާކޮށް އަދި އޭޓީއެމް މެދުވެރިކޮށް ނެގި މައްސަލައެކެވެ. ދައުވާއަށް ދެ މީހުން އިންކާރުކުރި ނަމަވެސް، ސީސީޓީވީ ފުޓޭޖާއި ބޭންކް ސްޓޭޓްމަންޓްތަކުން ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.