ads
ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތުގެ ތެރެއިން.
ދިރާގު މާލެ އޯޕަން 420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ނިންމާލައިފި
ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތް 420 އަށް ވުރެ ގިނަ ފެތުންތެރިންގެ ބައިވެރިވުމާ އެކު ކާމިޔާބުކަމާ އެކު ނިންމައިލައިފި އެވެ.
Advertisement

މި މަހުގެ 21 އިން 22 އަށް މާލޭ ރަސްފަންނު ސަރަހައްދުގައި ކުރިއަށްދިޔަ މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ސްވިމިން މުބާރާތެވެ.

މި މުބާރާތުގައި ފެނިގެންދިޔަ ފޯރިގަދަ ރޭސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފެތުންތެރިން ވަނީ ބައިވެރިވެފަ އެވެ. 

ސްވިމް މޯލްޑިވްސްގެ އަމާޒާ އެއްގޮތަށް، މި މުބާރާތް ވެސް ފަރުމާކޮށްފައިވަނީ ތަފާތު ގާބިލިއްޔަތުކަން ހުންނަ ފަރާތްތަކާއި އެކި އުމުރުފުރާތަކުގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. މިގޮތުން، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެތުލީޓުންނާއި ޕެރަ-ސްވިމަރުން ވެސް ވަނީ އެހެން ބައިވެރިންނާ އެކު އެކި ރޭސްތައް ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފަ އެވެ.

ޒުވާން އަދި ތަޖުރިބާކާރު ގިނަ ފެތުންތެރިންތަކެއް ފެނިގެންދިޔަ މި އަހަރުގެ ދިރާގު މާލެ އޯޕަން މުބާރާތުން ވަނީ ރާއްޖޭގައި މޫދު ކުޅިވަރުތަކަށް އޮތް ލޯތްބާއި ޝައުގުވެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މިންވަރު ދައްކުވައިދީފަ އެވެ.

ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައި އިޖުތިމާޢީ ގުޅުން ވަރުގަދަކުރުމުގެ ގޮތުން މި ފަދަ ކުޅިވަރު ޙަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;