ads
ގަވަރުނަރު ޑރ. އަހުމަދު މުނައްވަރު ޕްރެސްގައި ވާހަކަދައްކަވަނީ.. - ފޮޓޯ/ ރައީސް އޮފީސް
ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަނީ
ބޭރު ފައިސާއާބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން މާރު ކުރަން ޖެހެނީ 20 ޕަސެންޓު
ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ބޭންކުތަކަށް މާރުކުރުން ލާޒިމުކުރާ މިންވަރު އާމްދަނީގެ 20 ޕަސެންޓްއިން 40 ޕަސެންޓަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
Advertisement

މިފަހުން ސަރުކާރުން ވަނީ ބޭރު ފައިސާގެ ގާނޫނުގައި އޮތް ކޮންމެ ރިސޯޓަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ދީފައިވާ އިހުތިޔާރު އުވާލައި އާމްދަނީގެ %20 އެކަނި މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފަ އެވެ.

ތިން ވަޒީރަކާ އެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 އިންސައްތަ މާރުކުރަން ކުރިން އޮތް އޮތުން 40 ޕަސެންޓަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މަޖިލީހަށް ހުށަހަޅާ އިސްލާހުގެ ތެރޭގައި ކޮންމެ ތިން މަހަކުން ޑޮލަރު މާރުކުރަން އޮންނަ އޮތުން، ކޮންމެ އެއް މަސް ދުވަހުން މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރުން ވެސް ހިމެނެއެވެ.

"މިހާރު މަޖިލީހަށް އިތުރު އިސްލާހެއް ގެންނަން މި އުޅެނީ. ކުރިން އޮތް 20 ޕަސެންޓުގެ ބަދަލުގައި 40 ޕަސެންޓަށް ބަދަލު ކުރަން،" މުނައްވަރު ވިދާޅުވި އެވެ.



އެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓޫރިޒަމް އިން ލިބޭ އާމްދަނީ ތިން މަސް ތެރޭގައި މާރު ކުރަން ޖެހެ އެވެ. ނަމަވެސް އެއް މަސް ތެރޭގައި މާރު ކުރަން ޖެހޭ ގޮތް ހަދަން އެ މާއްދާ ވެސް އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް މުނައްވަރު ވިދާޅުވި އިރު، ރާއްޖޭގައި ޑޮލަރުގެ ޑިމާންޑް ބޮޑުވެގެން އުޅެނީ ސަރުކާރުތަކުން ފިޔަވަޅު އެޅުމަށް ފަސް ޖެހޭތީ ކަމަށް ކުރީގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފަ އެވެ. އަދި ޑޮލަރުގެ ޑިމާންޑް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭ ގޮތުން އަލީ ހާޝިމް ވަނީ ސީއެންއެމްއަށް ހާއްސަ އިންޓަވިޔުއެއް ދެއްވާފަ އެވެ. 

ގަވަރުނަރު އިތުރަށް ވިދާޅުވީ ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާތީ ގާނޫނުތަކުގައިވާ ފިޔަވަޅުތައް އަޅައިދިނުމަށް ސަރުކާރާއި ތަންފީޒީ އިދާރާތަކުގައި އެދިފައިވާނެ ކަމަށެވެ.

ރާއްޖޭގައި ވެސް ޑޮލަރުގެ އަގު އުފުލި އެކަމުގެ ބުރަ ވިޔަފާރިތަކާއި އާންމުން ވެސް އުފުލަން ޖެހިފައި ވާއިރު މައްސަލަ ހައްލުކުރުމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;