ads
ޝާހުރުކްހާންގެ ބަނގުލޯ މަންނަތު އަދި ޝާހުރުކް ހާން
"މަންނަތު" ބޮޑުކުރުމުގެ ހުއްދައަށް ޝާހްރުކް ހާން އެދިއްޖެ
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ހާން މުމްބާއީގެ ބޭންޑްސްޓޭންޑްގައި ދިރިއުޅޭ ގެ، "މަންނަތު" ބޮޑުކުރުމަށް ބޭނުންވާ ހުއްދަތަކަށް އޭނާ އެދިއްޖެ އެވެ.
Advertisement

މަންނަތަކީ އިންޑިއާގެ ގައުމީ ތަރިކައިގެ ގޮތުގައި ބެލެވޭ އަދި މޫދާ ވަރަށް ކައިރީގައި ހުންނަ އިމާރާތަކަށް ވުމުން، އެ ގެއަށް ބަދަލުތައް ގެނައުމަށް މަހާރަޝްތުރާ ކޯސްޓަލް ޒޯން މެނޭޖްމަންޓް އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހެ އެވެ. އެގޮތުން ޝާހްރުކް އެދިފައިވަނީ ގޭގެ ފަހަތަށް އިތުރު ދެ ފަންގިފިލާ ނެގުމަށެވެ.

މި ބަދަލާއެކު ގޭގެ ޖުމްލަ ބޮޑުމިނަށް 616.02 އަކަމީޓަރު އިތުރުވެގެންދާނެ އެވެ. މިއީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ މަސައްކަތެއް ކަމަށްވާއިރު، މި މަޝްރޫއަށް ގާތްގަނޑަކަށް 25 ކްރޯޑް ރުޕީސް ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މަންނަތު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފިލްމު ޕްރޮޑިއުސަރު އާނަންދް ޕަންޑިތު އުފައްދާފައިވާ ލަގްޒަރީ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ޝްރީ ލޯޓަސް ޑިވެލޮޕާސް އެންޑް ރިއަލްޓީ އާއެވެ. މި މަސައްކަތާ ގުޅޭގޮތުން އާނަންދް ޕަންޑިތު ބުނީ، މަންނަތުގެ ފަހަތު ބަޔަށް އިތުރު ފަންގިފިލާތަކެއް އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;