މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހިމް (46އ) އެވެ.
މި އަންހެން މީހާގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ އަމަލުތައް ހުރި ގޮތުން ފުލުހުންނަށް ޝައްކުވެގެން ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ހަރުވާޅުގެ ވާތު ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ވަނީ ފެނިފައެވެ.
އޭނާގެ ކުޑަކަމުދާ ތަކެތި އޯޕީއައި، ބެންޒޯ އަދި ސީއޭޓީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައި ވެއެވެ.
އޭނާ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ކޯޓުގައި އެއްބަސްވެފައިވާ އިރު، އެކަމަށް ފަރުވާ ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި މައްސަލައިގައި އޭނާގެ ބަންދަށް ފަސް ދުވަސް ދީފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބެވެ.
ޝަޒިއްޔާ މާލޭގައި ދިރިއުޅެމުން ދަނިކޮށް ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެގެން، އާއިލާއަށް ހަބަރެއްނުވެ ގެއްލިގެން ފުލުހުން 2024 ވަނަ އަހަރުގެ އޭޕްރިލް މަހު އޭނާ ހޯދަން އިއުލާންކޮށްފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;