މި ފިލްމުގެ ބެލުންތެރިންނަށް ލިބުނު އެންމެ އުފާވެރި ހަބަރަކީ، ފުރަތަމަ ފިލްމުގައި ބާބީ އަދި ކެންގެ ރޯލުން ފެނިގެންދިޔަ މަޝްހޫރު ތަރިން ކަމުގައިވާ މާގޯ ރޮބީ އާއި ރަޔަން ގޮސްލިން ދެވަނަ ފިލްމުގައިވެސް ބައިވެރިވާނެ ކަމުގެ ޔަގީންކަން ލިބުމެވެ.
މީގެ އިތުރުން، ފުރަތަމަ ފިލްމު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ބޮޑު ކާމިޔާބީއެއް ހޯދައިދިން ގްރެޓާ ގާވިގް، އާ ފިލްމުގެ ވާހަކަ ލިޔުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
"ބާބީ"ގެ ފުރަތަމަ ފިލްމަކީ ސިނަމާތަކުގައި ތާރީހީ ބޮޑެތި ކާމިޔާބީތައް ހޯދައި، ދުނިޔޭގެ ފެންވަރުގައި ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. އެ ފިލްމަށް ލިބުނު އާދަޔާހިލާފު ކާމިޔާބީއާ ގުޅިގެން، ފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް ފިލްމު އުފައްދާ ފަރާތްތަކާއި ބެލުންތެރިންވެސް ވަރަށް ބޮޑަށް ބޭނުންވެފައި އޮތްކަން ފާހަގަކުރެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;