މިއީ މިހާތަނަށް ދުނިޔޭގައި ރެކޯޑު ކުރެވިފައިވާ މިފަދަ އެންމެ ބޮޑު ހިލަ ކަމަށް ޑޮކްޓަރުން ގަބޫލުކުރެ އެވެ.
މި މީހާ ހޮސްޕިޓަލުގައި އެޑްމިޓުކުރީ ސްޓްރޯކެއް ޖެހިގެންނެވެ. ނަމަވެސް، ފަރުވާދެމުން ދަނިކޮށް ކުޑަކަމުދާން އުނދަގޫވާކަން ފާހަގަކުރެވިގެން ޑޮކްޓަރުން ބެލިބެލުމުން އޭނާގެ ބްލެޑާގައި މި ހިލަ އުފެދިފައިވާކަން އެނގުނެވެ.
އޮޕަރޭޝަންކޮށްގެން ނެގި މި ހިލައިގެ ބޮޑުމިނުގައި އޮސްޓްރިޗް ބިހެއް ވަރު ހުރިއިރު، ބަރުދަނުގައި އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ކަމަށް ވެ އެވެ.
މި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރު ޕްރަގަލަތާން ބާލަކްރިޝްނަން ބީބީސީ ސިންހަޅައަށް މައުލޫމާތު ދެމުން ބުނީ، މިހާތަނަށް ލިބެން ހުރި ރެކޯޑުތަކަށް ބަލާއިރު މިއީ އޮޕަރޭޝަން ކޮށްގެން ނެގުނު އެންމެ ބޮޑު "ބްލެޑާ ސްޓޯން" އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;