އެ ސަރަހައްދުގައި މިހާރު ޕާކުކޮށްފައިވާ ހުރި ވެހިކަލްތައް އެތަކެތީގެ ވެރިފަރާތްތަކުންނާއި ވެހިކަލްތައް ދުއްވާ، ބަލަހައްޓަވާ ފަރާތްތަކުން ސްޓޭޖު ރޫޅާލުމުގެ މަސައްކަތް ނިމެންދެން އެ ސަރަޙައްދުން ވެހިކަލްތައް މިރޭ 11:30 ގެ ކުރިން ތަން ހުސްކުރަން މާލެ ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.
އެހެންވެ ކާނިވާ ސްޓޭޖް ސަރަހައްދު ރޫޅާލުމުގެ މަސައްކަތް ނިމެންދެން އެ ސަރަހައްދަށް ހިނގާމީހުންނާއި ދުއްވާ އެއްޗެހި ވަދެ ނުހެދުމަށް ވަނީ އަންގާފަ އެވެ.
މިދިޔަ އަހަރުގެ މާރިޗު މަހު ކައުންސިލުން ވަނީ ކާނިވާގެ ސްޓޭޖު ތަޅައިލައި އައު ސްޓޭޖެއް ހެދުމަށް ހަތަރު މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ނިންމަން އޭރު ހަވާލުކުރީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. ނަމަވެސް އެ އެއްބަސްވުން ބާތިލުކޮށް ފަހުން އެއްވެސް މަސައްކަތެއް ކޮށްފައި ނެތެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;