ads
ޗާލްސް ސްޕެންސާ އަދި ޑަޔާނާ
ޑަޔާނާގެ ހަޔާތަގުޅޭގޮތުން އޭނާގެ ބޭބެ ފޮތެއް ނެރެނީ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ ޕްރިންސެސް ޑަޔާނާގެ ހަޔާތާ ގުޅޭގޮތުން، އޭނާގެ ހަމައެކަނި ބޭބެ، ޗާލްސް ސްޕެންސާ ހާއްސަ ފޮތެއް ނެރުއްވުމަށް ތައްޔާރުވެއްޖެ އެވެ.
Advertisement

މި ފޮތަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޑަޔާނާއާ ގުޅޭގޮތުން އޭނާގެ ބޭބެގެ ނަޒަރުން ގެނެސްދޭ ވާހަކަތަކެކެވެ.

"ސްވާން ސޯންގް: ޑަޔާނާ، މައި ސިސްޓާ" ގެ ނަން ދީފައިވާ މި ފޮތް ޝާއިއުކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި ފޮތް ނެރެނީ 1997 ވަނަ އަހަރުގެ އޮގަސްޓް މަހު ޕެރިހުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވިތާ 30 އަހަރު ފުރެން ގާތްވެފައި ވަނިކޮށެވެ. 

ތާރީހީ ލިޔުންތައް ލިޔާ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ޗާލްސް، މި ފޮތުގައި ގެނެސްދެއްވާނީ ޑަޔާނާގެ ހަޔާތުގެ ވާހަކަތައް އޭނާގެ ބޭބެގެ ހައިސިއްޔަތުން އޭނާއަށް ފެނުނު ގޮތަށެވެ.

މި ފޮތާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ޗާލްސް ވަނީ އޭނާގެ ކޮއްކޮގެ ޝަހުސިއްޔަތު ސިފަކޮށްފަ އެވެ. ޗާލްސް ބުނި ގޮތުގައި ޑަޔާނާއަކީ ވަރަށް ތަފާތު، ހަރަކާތްތެރި އަދި "ލޯބިން ފުރިގެންވި" ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;