އިސީން މިހެން ބުނީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގައި ވޯޓުލާ މީހުންގެ ދުވަހުގެ މުނާސަބަތުގަ އެވެ.
ވޯޓަކީ ލިބޭ އަމާނާތެއް ކަމަށާއި ގާބިލު މީހުން އިހްތިޔާރުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) ބުނިއިރު، އެދޭ ރާއްޖެ ހަރަކާތުން މިފަހުން ވަނީ އިންތިހާބީ ނިޒާމް ހަރުދަނާ ކުރުމަށް ގޮވާލާ ހުށައެޅުންތަކެއް ރައްޔިތުންނަށް ދޫކޮށްލައިފަ އެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އީސީން ނިންމާފައިވަނީ 2015 ވަނަ އަހަރު ހއ. ހޯރަފުށީގައި ބޭއްވި "ޑިމޮކްރަސީ ހަފްތާ" ގެ ތެރެއިންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ދިވެހިރާއްޖޭގައި ވޯޓުލާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ވޯޓުލާ މީހުންގެ ހައްގުތަކާއި އިންތިހާބީ ނިޒާމަށް މިހާރަށްވުރެ ބޮޑަށް އިތުބާރު އުފެއްދުމާއި ރައްޔިތުންނަށް ވޯޓުލުމުގެ މުހިންމުކަން އަންގައިދީ އިންތިހާބުތަކާއި ޑިމޮކްރަސީއާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުކަމަށެ ވެ. ވޯޓުލާ މީހުންގެ ދުވަހުގެ މިއައަހަރުގެ ޝިއާރަކީ، "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް!"، މި ޝިއާރު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓަކީ ލިބޭ އަމާނާތެއް، ދީނާއި ޤައުމަށް ތެދުވެރި، ޤާބިލު މީހަކު އިހްތިޔާރުކުރަމަކީ ކޮންމެ ރައްޔިޔެއް ފަރުދީ ޒިންމާއެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކޮންމެ އަހަރެއްގެވެސް ވޯޓުލާ މީހުންގެ ދުވަހު ވޯޓުލުމާ ގުޅޭގޮތުން އާންމު ހޭލުންތެރިކުރުމަށް ހާއްސަ ހަރަކާތްތައް ބާއްވަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;