ޕީޖީ އޮފީހުން ބުނި ގޮތުގައި އެ އޮފީހުން މިހާރު ދަނީ މި މައްސަލަ ދިރާސާކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން މޭޔަރު ސައުދު ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތިނަދޫ ކައުންސިލް އޮފީހުން ބައެއް ލިޔެކިޔުންތައްވެސް ގެންގޮސްފައެވެ. ނަމަވެސް ސައުދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ 2023 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ޤަރާރަކުންނެވެ.
ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ މަދުވެގެން 10،000 މީހުންގެ އާބާދީއެއް އޮންނަ ރަށްރަށަށެވެ.
ނަމަވެސް، ސިޓީގެ ދަރަޖަ ދިންއިރު ތިނަދޫގެ އާބާދީއަކީ 8،000 ކަމަށް ބުނެ، ކައުންސިލުން އާބާދީގެ އަދަދު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހެޅުނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;