މި މައްސަލައަކީ 2023 ސެޕްޓެމްބަރު 16 އިން ފެށިގެން، ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ މިފްކޯ މެދުވެރިކޮށް ކިލޯއަކަށް -/25 ރުފިޔާގެ މަގުން މަސް ގަތުމަށް ސަބްސިޑީ ދިނުމާ ގުޅިގެން، "ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނު" އާ ހިލާފަށް އަމިއްލަ ވިޔަފާރިތައް ނައްތާލަން މަސައްކަތްކުރާ ކަމަށް ބުނެ އެންސިސްއިން ފިޝަރީޒް، އިކޮނޮމިކް އަދި ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ކުރި ދަޢުވާއެކެވެ.
މި ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ނިންމީ، ވާދަވެރިކަމުގެ ގާނޫނަކީ ސަރުކާރު ޒިންމާދާރުކުރުވަން އޮތް ގާނޫނެއް ނޫން ކަމަށް ބުނެ އިޖުރާއީ ގޮތުންނެވެ. ނަމަވެސް އެންސިސްއިން އެ ނިންމުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ އެ ނިންމުން ބާޠިލުކޮށްފަ އެވެ.
ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ވާދަވެރިކަމުގެ ގާނޫނު ސަރުކާރުގެ ނިންމުންތަކަށް ތަތުބީގުވާނެތޯ ނުވަތަ ސިޔާދަތީ ބާރުގެ ދަށުން އިސްތިސްނާވާނެތޯ ނިންމޭނީ އިޖުރާއީ ގޮތުން މައްސަލަ ބޭރުކޮށްލުމުގެ ބަދަލުގައި، މައްސަލައިގެ މައުޟޫއީ އަޑުއެހުންތަކުގައި ދެފަރާތުން ބަހުސްކުރުވައިގެން ކަމަށެވެ. އެހެންކަމުން މައްސަލައިގެ މައުޟޫއަށް ބަލައި ގޮތެއް ނިންމުމަށްޓަކައި ހައިކޯޓުން ވަނީ މައްސަލަ އަލުން ސިވިލް ކޯޓަށް ތަހުވީލުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;