ads
އިޝާން ހައްތަރާއި ޗާންދަނީ
އިޝާން ހައްތަރާއި ޗާންދަނީ ރުޅިވެއްޖެ
ބޮލީވުޑްގެ އެކްޓަރު އިޝާން ހައްތަރު އަދި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ މޮޑެލް ޗާންދަނީ ބެއިންޒް ގާތްގަނޑަކަށް ތިން އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު، އެ ގުޅުން ނިމުމަކަށް ގެނެސް ރުޅިވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
Advertisement

މި ދެ މީހުން ވަކިވި ކަމުގެ އަޑުތައް މީޑިއާގައި މިހާރު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.

ކުއަލަލަމްޕޫރަށް އުފަން ޗާންދަނީ އާއި އިޝާން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް އެންމެ ފުރަތަމަ ފެތުރެން ފެށީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރުއްސުރެ މި ދެ މީހުން އެކުގައި އެކި ތަންތަނުން ފެންނަމުން ދިޔަ ނަމަވެސް، އެކަމާ ގުޅޭގޮތުން ދެ މީހުން ކުރެ އެކަކު ވެސް މީގެ ކުރިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި، މި ދެ މީހުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދި މިހާރު ވަނީ ދެ މީހުންގެ ރުޅިވެފައެވެ. އަދި އޭގެ ފަހުން މި ދެ މީހުން އެކުގައި އާންމު ތަންތަނުން ވެސް ފެނިފައެއް ނުވެ އެވެ.

މި ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ގިނަ ނޫސްތަކުން ރިޕޯޓުކުރަމުން ދިޔަ ނަމަވެސް، އިޝާން އަދި ޗާންދަނީ ވެސް މިކަމާ ގުޅޭގޮތުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ. އެހެންކަމުން މިއީ ސީދާ ކިހިނެއް ހިނގި ކަމެއްކަން އަދި ކަށަވަރުވާ ގޮތް ވަނީ ނުވެފަ އެވެ.

އިޝާން އަކީ ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން އެކްޓަރަކަށް ވާއިރު، އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ސަޕޯޓަރުން އަބަދުވެސް ވަރަށް ބޮޑަށް ސަމާލުކަންދެ އެވެ. މި ދެ މީހުންގެ ގުޅުން ނިމުނުކަން ރަސްމީކޮށް އިއުލާން ކުރާނެ ދުވަހަކަށް ގިނަ ބަޔަކު މިހާރު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;