މުބާރާތުގައި ވާދަކުރާ 14 ޓީމު މަހަށް ފުރާފައިވަނީ މިއަދު މެންދުރުފަހު 2:15 ގައެވެ. އަދި މަސްވެރިކަން ނިންމާލުމަށްފަހު ޓީމުތައް އެނބުރި ރަށަށް އަންނާނެ ކަމަށް ތާވަލުކޮށްފައިވަނީ މިރޭ 9:00 އަށެވެ.
އުރީދޫ މަސްރޭހުގައި ޖުމްލަ 43،000ރ.ގެ ފައިސާގެ އިނާމު ހިމެނެ އެވެ. މީގެ ތެރޭގައި:
ޗެމްޕިއަން ޓީމް: 25،000ރ.
ދެވަނަ ޓީމް: 10،000ރ.
ތިންވަނަ ޓީމް: 5،000ރ.
އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި އެންމެ ބަރު މަސްބާނާ ފަރާތަށް ވެސް 1،000ރ.ގެ އިނާމު ދޭނެ އެވެ.
އުރީދޫ މަސްރޭހަކީ ދިވެހިންގެ މަސްވެރިކަމުގެ ހުނަރާއި ޒަމާނުއްސުރެ މަސްވެރިކަމަށް އޮންނަ ލޯބި ދެމެހެއްޓުމަށް ބާއްވާ ހަރަކާތެކެވެ. މިއީ އަބަދު ވެސް ވަރަށް ފޯރިއާ އެކު ރާއްޖޭގެ އެކި ހިސާބުތަކުން ބައިވެރިވަމުން އަންނަ އިޖުތިމާއީ ހަރަކާތެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;