މި ބޮޑު އެހީ ދިނުމަށް ނިންމާފައިވަނީ ކުއްޖާގެ އުމުރުން 17 އަހަރު ވަންދެން ދޭ އެކި ފައިސާގެ އިނާޔަތްތަކުގެ ގޮތުގަ އެވެ.
ސިންގަޕޫރުގެ އާބާދީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުދިން އުފަންވާ ނިސްބަތް ދަށްވުމެވެ. އެގޮތުން، އެތައް އަހަރެއް ވަންދެން ސަރުކާރުން އެކި ކަހަލަ އިނާޔަތްތައް ދެމުން އައި ނަމަވެސް، އެ ގައުމުގައި ކުދިން އުފަންވާ ނިސްބަތް މިހާރު ވަނީ 0.87 އަށް ވެއްޓިފަ އެވެ. މިއީ ތާރީހުގައި ވެސް މި ރޭޓު މިހާ ދަށްވި ފުރަތަމަ ފަހަރެވެ.
އާ އާއިލާތަކަށް އެހީތެރިވުމަށް ތައާރަފުކުރި މި ޕެކޭޖުގެ ދަށުން ގިނަ ކަންތައްތަކަކަށް ސަރުކާރުން ހަރަދުކުރާނެ އެވެ. މީގެ ތެރޭގައި ކުދިން ބެލެހެއްޓުމަށް ދޭ އެލަވަންސްތަކާއި، ގެދޮރު ހޯދުމަށް ދޭ އެހީތެރިކަމާއި، ޗައިލްޑްކެއާ ސަބްސިޑީގެ އިތުރުން މައިންބަފައިންނަށް ދޭ ހާއްސަ ޗުއްޓީތައް ހިމެނެ އެވެ.
މި އާ ޕެކޭޖު އިއުލާނުކުރެއްވީ ސިންގަޕޫރުގެ ގައުމީ ދުވަހާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ގައުމުގެ ޕްރައިމް މިނިސްޓަރު ލޯރެންސް ވޮންގް އެވެ. އޭނާ ބުނީ މި އެހީގެ ބޭނުމަކީ އާއިލާތަކަށް ދަރިން ބޮޑުކުރުމުގައި ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދީ، އާބާދީ އިތުރުކުރުމަށް މަގުފަހިކުރުން ކަމަށެވެ.
މި ޕެކޭޖުގެ ދަށުން ލިބޭ އެންމެ ހާއްސަ އެއް އިނާޔަތަކީ ކުއްޖާ އުފަންވުމާއެކު ދޭ ހަދިޔާ އެވެ. މިގޮތުން، ކޮންމެ ކުއްޖަކު އުފަންވުމުން "ބޭބީ ގިފްޓް" އެއްގެ ގޮތުގައި 7،800 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (10،000 ސިންގަޕޫރު ޑޮލަރު) ވަގުތުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބޮޑު ބަދަލާއެކު ސިންގަޕޫރުގެ އާބާދީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ ގައުމުގެ ސަރުކާރުން އުންމީދުކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;