ads
ޓެލެގްރާމް ޗެނަލްގައި އޮރިޔާން ކާޑު ގެންގުޅުނު ގްރޫޕު ޖަލަށް
ޓެލެގްރާމް ޗެނަލްގައި އޮރިޔާން ކާޑު ގެންގުޅުނު ގްރޫޕު ޖަލަށް
ޓެލެގްރާމްގައި ގިނަ އަދަދެއްގެ ޗެނަލްތައް ހަދައިގެން ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކޮށް، ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުން ދިޔަ މައްސަލައިގައި ތިން މީހަކު ޖަލަށްލުމަށާއި ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

މި މައްސަލައިގައި ހުކުމްކޮށްފައިވަނީ، ޒުބައިރު ޢަލީ (އދ. މަހިބަދޫ / ބަހާރުގެ)، ނާޞިފް ޢަލީ (ކ. މާލެ / ދަފްތަރު ނަންބަރު ރސ14751) އަދި އިސްމާޢީލް ޒަބީޙް (ކ. ކާށިދޫ / ސިލިންކޯ) ގެ މައްްޗަށެވެ. މި ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާއާއި، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ތިން މީހުން ހިންގި 571 ޓެލެގްރާމް ޗެނަލެއްގެ މެދުވެރިކޮށް 241،651 ފޮޓޯއާއި 86،618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ ހިމެނޭހެން) ވަނީ އާންމުކޮށްފައެވެ. އޭގެ ތެރެއިން 43 ޗެނަލަކީ ޚާއްޞަކޮށް ކުޑަކުދިންގެ އޮރިޔާން މަންޒަރު ދެއްކުމަށް ހިންގި ޗެނަލްތަކެކެވެ.

މި ޗެނަލްތަކަށް ފައިސާ ދައްކައިގެން 34،680 މީހުން ސަބްސްކްރައިބްކޮށްފައިވާއިރު، ތުހުމަތުކުރެވޭ ފަރާތްތަކުން ވަނީ ސަބްސްކްރިޕްޝަން ފީގެ ގޮތުގައި 2 މިލިއަނެއްހާ ރުފިޔާގެ ނަހަމަ އާމްދަނީއެއް ހޯދާފައެވެ. މައްސަލައާ ގުޅިގެން 14 އިލެކްޓްރޯނިކް އާލާތަކާއި، 9 ޓެލެގްރާމް އެކައުންޓް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި މައްސަލައިގައި ޒުބައިރު ޢަލީގެ މައްޗަށް، އޮރިޔާން ކާޑު ގެންގުޅުމުގެ 3 ދައުވާއަކަށް 18 ދުވަސް، 1 އަހަރާއި 6 މަސް ދުވަސް، އަދި 9 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން މަނީ ލޯންޑްރިންގެ މައްސަލައިގައި 2 އަހަރާއި 6 މަހުގެ ޖަލު ހުކުމަކާއެކު 600،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

ނާޞިފް ޢަލީގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 2 އަހަރާއި 6 މަހުގެ ޖަލު ހުކުމަކާއެކު 263،232 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އިސްމާޢީލް ޒަބީޙްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 2 އަހަރާއި 6 މަހުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;