ads
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރި މީހުން
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މީހުން އެއްބަސްވުމުން ޖަލަށް
އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުން އާންމުކޮށް ފެންނަ މަރިޔަމް ޒުބައިރު (މަންދީ) ގެ ހަށިގަނޑަށް ކަޅުތެޔޮ އުކި މައްސަލައިގައި ދައުވާލިބުނު ދެ ،މީހުން ކޯޓުގައި ކުށަށް އިއުތިރާފުވުމާ ގުޅިގެން، ދެ މީހުން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
Advertisement

މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހުގެ މައްޗަށާއި، މ. ކޯރަސް، އަހްމަދު ރައިހާމް ނައީމްގެ މައްޗަށެވެ. ދައުލަތުން މި ދެ މީހުންގެ މައްޗަށްވެސް އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދައުވާއާއި، ގައިގައި އަތްލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ކޯޓުން އިއްވި ހުކުމްތައް:

އަހްމަދު ރިޝްމާހު: މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދައުވާގައި އިއްވީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ބަންދުގައި ހުރި މުއްދަތު އުނިކުރުމުން މިބައިން ތަންފީޒު ކުރަންޖެހެނީ 20 ދުވަހުގެ ހުކުމެކެވެ.

ގައިގައި އަތްލުމުގައި ބައިވެރިވުމުގެ ދައުވާގައި އިއްވީ 18 ދުވަހުގެ ޖަލު ހުކުމެކެވެ.

(ޖުމްލަ ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 38 ދުވަހުގެ ޖަލު ހުކުމެކެވެ).

އަހްމަދު ރައިހާމް ނައީމް: މުދަލަށް ގެއްލުން ދިނުމުގެ ދައުވާގައި އިއްވީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.

ގައިގައި އަތްލުމުގެ ދައުވާގައި އިއްވީ 13 ދުވަހުގެ ޖަލު ހުކުމެކެވެ.

ހާދިސާގެ ފަސްފަހަތް އަދި ކުށުގެ ރެކޯޑު:

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމުގެ މަންމަ، މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ މިދިޔަ އަހަރުގެ މާރިޗު 17 ވަނަ ދުވަހުގެ ރޭ، އެމްޑީޕީގެ މުޒާހަރާ ނިންމާލުމަށްފަހު ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައި މާލޭ ވުޑްބެރީ ރެސްޓޯރެންޓު ހިމެނޭ ސަރަހައްދުންނެވެ.

ކުށުގެ ރެކޯޑުތަކަށް ބަލާއިރު، ރިޝްމާހަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ. އަދި ރައިހާމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;